Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 18:10
މިނިސްޓަރު މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވަނީ
މިނިސްޓަރު މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވަނީ
އެންވަރަންމަންޓް މިނިސްޓްރީ
މާފަރު އެއާރޕޯޓް
މާފަރު އެއާރޕޯޓް ބޮޑުކުރުމުގެ މަޝްވަރާތަކަށް، އެންވައިރަމެންޓް މިނިސްޓްރ މާފަރަށް
މި ދަތުރަށްފަހު އެންވަޔަރަންމަންޓު މިނިސްޓްރީން ފަންނީ ރިޕޯރޓެއް ތައްޔާރުކޮށް އެންވަޔަރަންމަންޓް މިނިސްޓަރ މިކަމުގައި ނިންމެވިގޮތް އީޕީއޭއަށް އަންގާނެ
މިނިސްޓަރ މިކަމުގައި ނިންމަވާގޮތް ތަންފީޛުކޮށްދެއްވާނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން
މައްސަލަ ޕްލޭނިންގ މިނިސްޓްރީން އެންވަޔަރަންމަންޓް މިނިސްޓްރީއަށް އިސްތިޢުނާފަށް ހުށަހަޅާފައިވަނީ 30 ޑިސެންބަރުގައި

މާފަރު އެއާރޕޯޓް ބޮޑުކުރުމުގެ މަޝްވަރާތަކަށް އެންވައިރަމެންޓް މިނިސްޓްރީގެ ޓީމެއް މާފަރަށް ޒިޔާރަތްކުރައްވައިފިއެވެ.

އެންވައިރަމެންޓް މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢަށް ތައްޔާރުކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގެ އެޑެންޑަމް މުރާޖަޢާކުރުމަށްފަހު، އެ މަޝްރޫޢު ގުރިއަށްގެންދަން މިހާރު ހުށަހަޅާފައިވާގޮތަށް ކުރިއަށް ގެންދިއުމަށް ތިމާވެށީގެ ގޮތުން ދޭންޖެހޭ ހުއްދަ ދެވެން ނެތްކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ނިންމި ނިންމުން ޕްލޭނިންގ މިނިސްޓްރީ އިން އެންވަޔަރަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަނަށް އިސްތިއުނާފު ކުރުމާ ގުޅިގެން އެމައްސަލަ ދިރާސާކޮށް ބެލުމަށް މިނިސްޓަރާއެކު މިނިސްޓްރީގެ ޓިމެއް އަންގާރަ ވަނަ ދުވަހު ނ. މާފަރަށް ޒިޔާރަތްކުރައްވައިފައިވާކަމަށެވެ.

މި ދަތުރުގެ ބޭނުމަކީ ހުށައަޅާފައިވާ މައްސަލާއިގައި ގޮތެއްނިންމުމުގެ ކުރިން ބަލަންޖެހޭ ކަންކަން ވިހާވެސް ގާތުންކަން ފާހަގަކޮށް މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި ދަތުރުގައި، ރަށު ކައުންސިލާއި އަދި ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް މަޝްރޫޢުގެ މަޢުލޫމާތު އޮޅުންފިލުވުން ހިމެނޭކަމަށެވެ. އަދި މި ދަތުރަށްފަހު އެންވަޔަރަންމަންޓު މިނިސްޓްރީން ފަންނީ ރިޕޯރޓެއް ތައްޔާރުކޮށް އެންވަޔަރަންމަންޓް މިނިސްޓަރ މިކަމުގައި ނިންމެވިގޮތް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް އަންގާނެކަމަށާއި މިނިސްޓަރ މިކަމުގައި ނިންމަވާގޮތް ތަންފީޛުކޮށްދެއްވާނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިންކަމަށެވެ.

Advertisement

ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ވާގޮތުން އިސްތިޢުނާފަށް ހުށަހަޅާތާ ބަންދު ދުވަސް ނުހިމަނައި 15 ދުވަހުގެ ތެރޭގައި އިސްތިޢުނާފާމެދު މިނިސްޓަރު ނިންމި ގޮތް ލިޔުމަކުން އިސްތިޢުނާފު ކުރި ފަރާތަށް އަންގަންޖެހެއެވެ. މި މައްސަލަ ޕްލޭނިންގ މިނިސްޓްރީން އެންވަޔަރަންމަންޓް މިނިސްޓްރީއަށް އިސްތިޢުނާފަށް ހުށަހަޅާފައިވަނީ 30 ޑިސެންބަރު 2019 ގައެވެ.

އެއަރޕޯޓު ހިއްކައިގެން ބޮޑު ކުރުމުގެ ހުއްދަ ނުދިނުމަށް ނިންމާ އެންވާރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) ބުނެފައިވާގޮތުގައި، މާފަރު އެއަރޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ އަމާޒަކީ ބޮއިން 777 ގެ ޓުވިން ޖެޓު ޖެއްސުންކަމަށްވާއިރު، އެއީ ދުރު ރާސްތާގައި ތިމާވެށީގެ މައްސަލަތައް ދިމާވާނެ ސަބަބެކެވެ. އަދި އެވައިގެ ބަނދަރަށް ފްލައިޓް ޖައްސާނެ އަދަދު ނޭނގޭއިރު، އެއީ ހިރާސް ބޮޑު މަޝްރޫއެއްގެ ގޮތުގައި އީޕީއޭއިން ވަނީ ސިފަކޮށްފައެވެ.

މިފަދަ މަޝްރޫއުއެއްގެ ސަބަބުން މާފަރު ފަޅުގެ ބޮޑު ބައެއް ދާއިމީކޮށް ގެއްލި ފަރަށް ވެސް ބޮޑެތި ގެއްލުންވާނެ ކަމަށާއި، މާފަރަކީ ވެލާ ބިސްއަޅާ ރަށަކަށް ވާއިރު، އެ މަޝްރޫއުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ. އަދި ވެލި ނަގާ ސަރަހައްދަކީ މޫދު ވިނަ ހުންނަ ސަރަހައްދަކަށް ވުމުން އެތަނުގައި އުޅޭ ދިރޭ ތަކެއްޗަށް ގެއްލުންވާނެ ކަމަށާއި ބިން ހިއްކުމަށް ވެލި ނެގުމުގެ ސަބަބުން ރަށް ގިރުން އިތުރުވެ، މި މަޝްރޫއަށް ދާ ހަރަދު އިތުރުވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. ރަށުގައި ހުރި 22،000 ގަހަށް އަސަރު ކުރާނެ ކަމަށްވެސް އީޕީއޭއިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް