Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 18:15
ޣައްސާން މައުމޫން
ޣައްސާން މައުމޫން
ރައްޔިތުންގެ މަޖިލިސް
ޢައްސާން މައުމޫން
ޣައްސާން ވަޑައިގެންނެވީ ވަކީލުންގެ ޓީމު އެކުލަވައިލާކަށް ނޫން، ވަޑައިގެންނެވީ ޗުއްޓީއަކަށް!
ފުންނާބު އުސް ވަކީލުންގެ ޓީމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކާނަލް ވަނީ ވިދާޅުވެފައި
ޕާޓީގެ ބަހެއް ނުލިބުނު
މިހާރު ހުންނެވީ ސިންގަޕޫރްގައި

މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބައިނަލްއަޤުވާމީ ވަކީލުންގެ ޓީމެއް އެކުލައިވައިލުމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ޔޫރަޕަށް ވަޑައިނުގަންނަވާކަން އަދި އޭނާ ވަޑައިގެންނެވީ ޗުއްޓީއަށް ސިންގަޕޫރަށްކަން ހާމަވެއްޖެއެވެ.

ރައީސް ޔާމީންގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމެއް އެކުލަވައިލުމަށް ޣައްސާން ރާއްޖެއިން ބޭރުގައި މަސައްކަތް ކުރައްވަމުންދާކަމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ ދާދި ފަހުން ޕީޕީއެމުން ބޭއްވި ޖަލްސާ އެއްްގައި ވިދާޅުވެފައެވެ. އެގޮތުން އަމާލް ކްލޫނީ ފަދަ ބައިނަލްއަގްވާމީ ވަކީލުން އެ ޓީމުގައި ހިމެނި ވަޑައިގަންނަވާނެ ކަމަށް ކާނަލް ވަނީ ވިދާޅުވެފައެވެ.

Advertisement

އެކަމަކު ޣައްސާން ޔޫރަޕަށް ވަޑައިނުގަންނަވާކަން ރާއްޖެ.އެމްވީ އަށް ވަނީ ކަށަވަރުވެފައެވެ. ރާއްޖެ.އެމްވީއަށް މައުލޫމާތުދިން ޕީޕީއެމް/ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވީ، އެއީ ސިޔާސީގޮތުން ޖައްސައިގެން އުޅޭ ސްޓަންޓެއް ކަަމަށެވެ. އަދި އެކަމަކީ ޕާޓީގެ އިސްފަރާތްތަކަށް ކުރިން އެނގިގެން ހިނގި ކަމެއް ނޫން ކަމަށެވެ. އެއީ ކާނަލް ރާވައިގެން ކުރެއްވިކަމެއްކަމަށް ނަން ނުޖަހަން ޝަރުތުކޮށް އެ އޮފިޝަލް ރާއްޖެ.އެމްވީއަށް ވިދާޅުވިއެވެ.

ޣައްސާން ވަޑައިގެންނެވީ ސިންގަޕޫރަށް، އަންހެނުންނާއި އެކު ޗުއްޓީ ހޭދަކުރައްވަން.
ޕީޕީއެމް/ޕީއެންސީގެ އިސް އޮފިޝަލް

ޣައްސާންގެ ދަތުރުގެ މައުލޫމާތު ހޯދާލުމަށް ހޯމަ ދުވަހު ރާއްޖެ.އެމްވީން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލް ހީނާ ވަލީދުއަށް ގުޅާލުމުން އެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު ފަހުން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވާއެވެ. ޢައްސާންވެސް ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފެއް ނުވިއެވެ.

ޔާމީންގެ ވަކިލުންގެ ޓީމެއް އެކުލަވައިލުމަށް ޢައްސަން ވަޑައިނުގަންނަވާކަން ހާމަވެފައިވާއިރު، ރައީސް ޔާމީންއަށް އިއްވި ހުކުމާއި މެދު ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. ނަމަވެސް ދުނިޔޭގެ އެއްވެސް ބޮޑު ޤައުމަކުންވެސް، އަދި ޖަމިއްޔާއަކުންވެސް ޔާމީންގެ ދިފާއުގައި އެއްވެސް އެއްޗެއް މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް