Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 17:23
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
ދާނިޝް ނިޡާމް
އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް
ރާއްޖެއާއި ނުގުޅޭ ސަފްހާތައް ބެހުނީ ސްކޫލުގެ އިހުމާލުން، އެކަމުގެ ފުރިހަމަ ޒިންމާ ނަގަން: އަހުމަދިއްޔާ ސްކޫލް
އެ ފޮތްތަކަކީ ސްކޫލުން އިންޑިއާގެ ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް އާއިގުޅިގެން ރާއްޖެ ގެނެސްފައިވާ ފޮތްތަކެއް
ހުރިހާ ފޮތްތަކެއްވެސް ދޫކުރަނީ ސަފްހާ ބަދަލުކޮށްފައި
އިއްޔެ ބަދަލުނުކޮށް ހުރި ފޮތްތަކެއް ދޫކުރެވުނު

ރާއްޖެއާއި ނުގުޅޭ ތަސްވީރުތައް ހުރި ފޮތްތަކެއް ދޫކުރެވެނީ ސްކޫލުގެ އިހުމާލުންކަމަށާއި މިނިސްޓްރި އޮފް އެޑިއުކޭޝަންގެ ދައުރެއް އަދި އިންޑިއާ ސަރުކާރުގެ އެއްވެސް ދައުރެއް ނެތްކަމަށް އަހުމަދިއްޔާ ސުކޫލުން ބުނެފިއެވެ.

އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮތުގެ ގަނޑުތަކަކީ ސްކޫލުން ދޫކުރާ ފޮތެއްގެ ތެރޭގައިހުރި ސަފްޙާ ތަކެއްކަމަށާއި ފޮތް ބެލެނިވެރިންނަށް ދޫކުރުމުގެ ކުރިން ފޮތުގައި ހުރި ރާއްޖެ އާއި ނުގުޅޭ ބައިތައްހުރި ސަފްޙާތައް ނަގާ އޭގެ ބަދަލުގައި ދިވެހި ޤައުމީ ސަލާމް އާއި ދިވެހި ދިދަ އާއި ދިވެހި ރާއްޖޭގެ ނިޝާން އާއި އަދި ދިވެހި ސަގާފަތް ދައްކުވައިދޭ ތަސްވީރުތައް ހިމެނޭ ސަފްޙާތަކެއް، އެ ސަފްޙާތަކުގެ ބަދަލުގައި ހިމަނައިގެން ދޫކުރެވޭފޮތްތަކެއްކަމަށެވެ. ނަމަވެސް ފޮތްތައް ދޫކުރުމުގައި އެފޮތްތަކުގެ ސަފްޙާތައް ބަދަލު ނުކޮށްހުރި ފޮތްތަކެއް ދޫކުރެވިފައިވާތީ އެފޮތްތައް އަބުރާ ސްކޫލަށް ގެންނަން އެންގާފައިވާކަމަށް ސުކޫލުން ބުންޏެވެ.

Advertisement

އެ ފޮތްތަކަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި އިންޑިއާ ސަރުކާރުން ސްކޫލަށް ދިން ފޮތްތަކެއްނޫންކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އެ ފޮތްތަކަކީ ސްކޫލުން އިންޑިއާގެ ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް އާއިގުޅިގެން ރާއްޖެ ގެނެސް މިދިޔަ އަހަރުން ފެށިގެން ބޭނުން ކުރަމުން ގެންދާ ފޮތްތަކެއްކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެކަމުގައި މިނިސްޓްރި އޮފް އެޑިއުކޭޝަންގެ ދައުރެއް އަދި އިންޑިއާ ސަރުކާރުގެ އެއްވެސް ދައުރެއްނޯންނާނެކަމަށާއި، ބަދަލުނުކޮށް ހުރި ފޮތްތަކެއް ބެހުމުގެ ހުރިހާ ޒިންމާއެއް ސްކޫލުންނަގާކަމަށެވެ.

އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ވަނީ ބަދަލުނުކޮށް ހުރި ފޮތްތަކެއް ބެހުނު މައްސަލައިގައި އަޙްމަދިއްޔާގެ ބެލެނިވެރިންގެ ފަރާތުން ނިޙާޔަތައް މަޢާފަށް އެދެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 ޖެނުއަރީ 2020 | އަންގާރަ 21:14
ސައިކޯވިކްޓިމް
ތިތާ އުޅޭނެ ވަރަށް ޕީޕީއެމް މަންޖެޔެއް. މީގެ ކުރިން އިމާދުއްދީނުންވެސް މަޖީދިއްޔާއިންވެސް ބޭރުކޮށްފަ ހުރި ޝީތާ ކިޔާ ޓީޗަރެއް. ކުދިންނަށް ހުރި ބިރެއް އޭނަޔަކީ. އަނެއްކާ އޭނަގެ ރޮކެޓެއްބާ؟ ވަރަށް ވައްތަރު!
7 ޖެނުއަރީ 2020 | އަންގާރަ 20:09
އަޅިކޮޅު
ތި ސްކޫލުގެ ޕްރިންސިޕަލް ރަޝީދުގެ މަޅިއެއް ނޫންބާ ތީ؟ ޕީޕީއެމް ޔާމީނުގެ އެއްއަތް! ރަޝީދު މިސަރުކާރަށް ނަފުރަތު އުފެއްދުމަށް ކުރި ކަމެއް ނޫންބާ ތީ؟ ރަޝީދު ވަކިކުރޭ! އަހުމަދިްޔާއިން ނާޖާއިޒު ފައިދާ ނަގަނީ!