Advertisement
ކ. މާލެ
|
9 ޖެނުއަރީ 2020 | ބުރާސްފަތި 00:04
ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން، މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ
ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން، މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ
ރާއްޖެއެމްވީ
ދަތުރުވެރިންގެ މާުރުކޭޓް
ދަތުރުވެރިންގެ މާރުކޭޓް ހަތަރު ފަންގިފިލާއަށް އަލުން އިމާރާތްކުރަނީ
ޕާކިން ޒޯންތައް ހަދާނެ
ގިނަ ބަޔަކަށް ފުރުސަތުދޭނެ
މާރުކޭޓް އިމާރާތްކުރާނެ ގޮތުގެ ކުރެހުންތައް ވަރަށް އަވަހަށް އާންމުކުރާނެ

ދަތުރުވެރިންގެ މާރުކޭޓްގެ ހަތަރު ފަންގިފިލާއަށް އަލުން އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓުން ވީހާ ވެސް ގިނަ ބަޔަކަށް ވިޔަފާރި ހިންގުމުގެ ފުރުސަތު ދިނުމަކީ ގިނަ ކައުންސިލަރުން ބޭނުންވާ ގޮތް ކަމަށެވެ. އެގޮތުން މިހާރު ދަތުރުވެރިކަންގެ މާރުކޭޓު ހަތަރު ފަންގިފިލާއަށް ހެދުމަށާއި، އެސަރަހައްދުގައި ވެހިކަލްތައް ޕާކު ކުރެވޭ ގޮތަށް ޕާކިން ޒޯންތައް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިމަޝްވަރާތައް ކުރިއަށް ގެންދިޔައީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް އިންނަވައިގެން ކަމަށް ޝިފާ ވިދާޅުވިއެވެ.

Advertisement

ޝިފާ ވިދާޅުވީ މިހާރު ދަތުރުވެރިންގެ މާރުކޭޓް މަރާމާތުކުރާނެ ގޮތުގެ ކުރެހުން އެޗްޑީސީންގެ އެހީތެރިކަމާއެކު ކުރިއަށްދާ ކަމަށާއި، ފައިސާގެ ކަންކަން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއާއެކު ކުރިއަށްދާ ކަމަށެވެ. އަދި ލޯނެއް ނަގަންޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކުރުމަށް ނިންމާފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ މާރުކޭޓްތައް ހުރި މިސަރަހައްދަކީ ތޮއްޖެހިފައި އޮންނަތަނެއް ކަމަށާއި، މިމައްސަލައަށް ވެސް ހައްލު ހޯދަން ޖެހޭ ކަމަށެވެ.

އެހެންވީމަ މަސްމާރުކޭޓް އެތާ، ދަތުރުވެރިންގެ މާރުކޭޓް އެތާ، ލޯކަލް މާރުކޭޓް އެތާ، އަތޮޅު ފިހާރަތައް އެތާ، މުދާ ބޭލުމާއި މުދާ ގެންދިއުން އެތާ. އެކަމަކު ކޮންމެ ބޭފުޅަކު ގޮސް ކާރު ތާށިވީމަ ސައިކަލު ތާށިވީމަ ތާށިވާ ވާހަކަ މިދައްކަނީ. އެކަމަކު ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މާލެތެރެއަށް ވަރަށް ގިނަ މާރުކޭޓްތައް ފުޅާވަމުން އެބަދޭ. އެހެންވީމަ އިކޮނޮމިކް މިނިސްޓްރީން ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމަކީ ކައުންސިލްއާ ގުޅިގެން މިތަންތަން ރެގިއުލޭޓް ކުރާނެ ގޮތްތަކެއް އަލުން އުފެއްދެންޖެހޭނެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ

މާރުކޭޓް ކޮމެޓީން ހަދާފައިވާ ސަރވޭއަށް އަލިއަޅުއްވާލައްވާ ޝިފާ ވިދާޅުވީ މިފާއިތުވެގެންދިޔަ ދުވަސްތަކުގައި މާރުކޭޓް 53 އިންސައްތަ ބޭނުންކުރަމުންދިޔައީ ބިދޭސީން ކަމަށެވެ.

އެހެންކަމުން އަލުން މާރުކޭޓް ހެދިގެންދާއިރު މިހާރު ކުރިން ފެނުން މާރުކޭޓް ނުފެންނާނެ ކަމަށާއި، އެއަށްވުރެ ބޮޑަށް ސާފުތާހިރުވެ ހުރިހާ ގޮތަކުން ރަނގަޅުވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މާރުކޭޓް ހަދާ ގޮތުގެ ކުރެހުންތައް ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް