Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 17:32
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
ފަނޑިޔާރުންނަށް ބާރުދޭ މާއްދާ ބާތިލްކޮށް، މައްސަލަތަކަށް ހުއްދަދޭނީ ރަޖިސްޓަރކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމާނީ ރަޖިސްޓްރާ
ސުޕްރީމް ކޯޓުގެ ޤަވާއިދުގެ 57 ވަނަ މާއްދާ ވަނީ ބާތިލުކޮށްފައި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޤަވާއިދުގެ 4 ވަނަ މާއްދާ ވަނީ ބާތިލުކޮށްފައި

ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުގެ ހުއްދަ ފަނޑިޔާރުންގެ މަޖިލީހަށް ދިނުމަށް ބާރުދީފައިވާ މާއްދާތައް ބާތިލުކުރުމަށް ސުޕްރީމް ކޯޓިގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުންކުރި ޓްވީޓެއްގައި ބުނީ، ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅުމުގެ ހުއްދައަށް އެދި ހުށައަޅާ މައްސަލަތަކާމެދު ގޮތެއް ނިންމާނީ ރަޖިސްޓްރާ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ޤާނޫނަށް އަމަލުކުރަމުންދާއިރު، ސުޕްރީމް ކޯޓުގެ ޤަވާއިދުގެ 57 ވަނަ މާއްދާގެ (ހ) އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ޤަވާއިދުގެ 4 ވަނަ މާއްދާގެ (އ) ގައި އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމާނީ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް ކަނޑައަޅާފައިވާއިރު، އެއީ ކޯޓުތަކުގެ ޤާނޫނާއި ޚިލާފު މާއްދާއެއްކަން ސުޕްރީމް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

Advertisement

އެކަމުގެ ސަބަބުން ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެ މާއްދާތައް ބާތިލުކުރުމަށް ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް