Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 15:29
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ޝާހިދުގެ ދަތުރުތަކަށް ޚަރަދުވީ 2.8 މިލިއަން ރުފިޔާ، ހިލޭ އެހީގެ ގޮތުގައި ލިބުނީ 3.21 ބިލިއަން ރުފިޔާ
ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މިނިސްޓަރު ވަނީ 20 ދަތުރެއް ކުރައްވާފައި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކުރެއްވި ރަސްމީ ދަތުރުތަކަށް ޚަރަދުވީ 2.8 މިލިއަން ރުފިޔާ ކަމަށާއި، ހިލޭ އެހީގެ ގޮތުގައި ލިބުނީ 3.21 ބިލިއަން ރުފިޔާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ ދަތުރުތަކުގެ ޚަރަދުގެ ތަފްސީލް ހޯދުމަށް ދިވެހި ރައްޔިތަކު، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްޤުގެ ދަށުން ހުށަހެޅުއްވުމާއި ގުޅިގެން، އެމައުލޫމާތު އޭނާ އާ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން 2018 ނޮވެމްބަރު 17 އިން 2018 ޑިސެމްބަރު 31 އަށް މިނިސްޓަރ ޝާހިދު ރަސްމީ 2 ދަތުރުފުޅެއް ކުރައްވާފައިވާއިރު، މި ދެ ދަތުރުފުޅުގެ ޖުމްލަ ޚަރަދެއް ގޮތުގައި ހިނގާފައިވަނީ 194،590.40 (އެއްލައްކަ ނުވަދިހަ ހަތަރު ހާސް ފައްސަތޭކަ ނުވަދިހަ ރުފިޔާ ސާޅީސް ލާރި) އެވެ. އަދި 2019 ވަނަ އަހަރު ޖެނުއަރީ 1 އިން 2019 ނޮވެމްބަރު 17 އަށް މިނިސްޓަރ ޝާހިދު ކުރެއްވި 18 ދަތުރަކަށް ޖުމްލަ 2،646،289.14 (ދެ މިލިއަން ހަލައްކަ ސާޅީސް ހަ ހާސް ދުއިސައްތަ އައްޑިހަ ނުވަ ރުފިޔާ ސާދަ ލާރި) ވަނީ ޚަރަދުވެފައެވެ.

މިނިސްޓްރީން ބުނީ 1 އަހަރު ތެރޭގައި، މިނިސްޓަރ ޝާހިދު ކުރައްވާފައިވާ ޖުމްލަ 20 ދަތުރަށް ޚަރަދުވެފައިވަނީ 2،840،879.54 (ދެ މިލިއަން އައްލައްކަ ސާޅީސް ހާސް އައްސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ފަންސާސް ހަތަރު ލާރި) އެވެ. މިނިސްޓަރ ޝާހިދުގެ މިދަތުރުޅުތަކަކީ އެކިއެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުކުރެއްވުމަށް އެޤައުމުތަކަށް ކުރެއްވި ބައިލޭޓަރަލް ދަތުރުފުޅުތަކަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އެކި ޖަމްއިއްޔާ ޖަމާޢަތްތަކުގެ ހައި-ލެވެލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ބައެއް ޤައުމުތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުތަކެވެ.

Advertisement

މިނިސްޓަރ ޝާހިދުގެ މި ދަތުރުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖްތަމައާއި ދިވެހިރާއްޖެއާއި އޮންނަ ގުޅުން ބަދަހި، ދޭދޭ ގުޅުންތައް ވަރުގަދަވެ، ބައިނަލްއަޤްވާމީ މަސްރަހުގައި ދިވެހިރާއްޖޭގެ ހައްޤު މަޤާމް ދިވެހިރައްޖެއިން މިއަދު ވަނީ ހޯދާފައެވެ. އަދި މި ގުޅުންތަކާއިއެކު، ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި އެމުއްދަތުގެ ތެރޭގައި ހެޔޮއެދޭ ބައެއް ޤައުމުތަކުން، ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް 2019 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފާހަގަކުރެއްވިއެވެ.

ހަމައެއާއިއެކު އަބޫދާބީން 2019 ވަނަ އަހަރު ދިވެހިރާއްޖެއަށް ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރަށް ހިލޭ އެހީގެ ގޮތުގައި ބަދަލުކޮށްދެއްވި ވާހަކަ ފޮރިން މިނިސްޓަރ ޝާހިދު އެދުވަހުގެ އިރު އޮއްސުނު ވަގުތު ފޯނުން ގުޅުއްވައި، ދެންނެވި ވާހަކަވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެރޭ ފާހަގަކުރެއްވިއެވެ. އެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާ މިނިސްޓްރީ އޮފް ފިނޭންސް އިން މިހާރު ކުރިއަށް އެބަ ގެންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް