Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 15:20
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ޔާމީން ރަޝީދުގެ މަރު
ޖަލުގައި ތިބޭ ޤައިދީންގެ ކަންކަން ރައްކާތެރިކަމާއެކު ބެލުމަށް ކަރެކްޝަންސްގެ މައްޗަށް ކޯޓުން އަންގަނީ
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު އޮތް
ޒިހާން ވަނީ އޭނާގެ ހަށިގަނޑުގައި އަނިޔާކޮށްފައި ހުރި ފާހަގަތައް ދައްކާފައި
ޖަލުގައި ހިނގާ ލާއިންސާނީ ކަންކަން ޝަރީއަތުގެ ސަމާލުކަމަށް ގެނެސްފައިވޭ

ޖަލުތަކުގައި ތިބޭ ޤައިދީންގެ ކަންކަން ރައްކާތެރިކަމާއެކު ބެލުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއަށް އެންގުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ރަހުމުކުޑަގޮތަކަށް މަރާލަފައިވާ ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، މި މައްސަލައިގެ ދައުވާލިބޭ ފަރާތްތަކުން ވަނީ ޖަލުގައި އަނިޔާކުރާކަން ޝަރީއަތުގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން މި މައްސަލައިގައި ދައުވާލިބޭ އަހުމަދު ޒިހާން އިސްމާއިލްގެ ވަކީލު ވިދާޅުވީ، ޝަރީއަތް ނިމެންދެން ޒިހާން ހުރީ މާލޭ ޖަލުގައި ބަންދުކޮށްފައި ކަމަށާއި، ނަމަވެސް މި މަހުގެ 5 ވަނަ ދުވަހު ކަރެކްޝަންސްގެ އޮފިސަރުންގެ ފަރާތުން ޒިހާނަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައިވާކަމަށެވެ. އަދި ޝަރީއަތުގައި ޒިހާން ވަނީ އޭނާގެ ހަށިގަނޑުގައި އަނިޔާކޮށްފައި ހުރި ފާހަގަތައް ދައްކާފައެވެ. އެގޮތުން އޭނާގެ އަތާއި ބުރަކަށްޓަށް އަނިޔާކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން، މައްސަލައިގައި ދައުވާލިބޭ އިސްމާއިލް ރަޝީދުގެ ފަރާތުންވެސް ވަނީ ޖަލުގައި ހިނގާ ލާއިންސާނީ ކަންކަން ޝަރީއަތުގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން މާފުށީ ޖަލުގައި އަނިޔާ ކުރާ ކަމުގެ މައުލޫމާތު މާލޭ ޖަލަށް ލިބުމުން އެކަން ބަލައި ދިނުމަށް ޤައިދީންގެ ފަރާތުން އެދުނު ކަމަށާއި، ނަމަވެސް ކަރެކްޝަންސް އިން ކަންތައް ކޮށްފައިވާ ގޮތުން މައްސަލަ އިތުރަށް ގޯސްވިކަމަށް އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ޖަލުގައި ހިނގާ ދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އިސްމާއިލް ރަޝީދާއި އިތުރު މީހަކު ރިމާންޑް ގޮޅިއަކަށް ބަދަލުކުރި ކަމަށާއި، ނަމަވެސް އެތަނުގެ ފާޚާނާވެސް ހުރީ ބޭނުން ނުހިފޭ ހާލަތުގައި ކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން ފާޚާނާގައި ބޮޑުކަމުދިއުމަށްފަހު ތާހިރުވުމަށް އިސްކުރެއްވެސް ނުހުންނަ ކަމަށާއި، ތާހިރުވާން ޖެހެނީ ދުރުގައި ހުންނަ އިސްކުރަކުން ފެން ދޫކޮށްގެން ކަން އޭނާ ފާހަގަކުރިއެވެ. އަދި މިއީ ޤައިދީންނާމެދު ލާއިންސާނީ އަމަލު ހިންގުންކަމަށް އޭނާ ބުންޏެވެ.

Advertisement

އެކަންކަމާއި ގުޅޭގޮތުން މި މައްސަލައިގެ ދިފާއީ ވަކީލެއް ކަމަށްވާ މައުމޫނު ހަމީދު ވިދާޅުވީ، މިއީ އިހުމާލެއް ނޫން ކަމަށާއި، މިއީ ސީދާ ޓޯޗަރ ކުރުން ކަމަށެވެ. އެގޮތުން އެންޓި ޓޯޗަރ ޤާނޫނަށް ބަލައި ޕްރޮސެކިއުޓަރ ޖެނެރަލްއާއި ކޯޓުތަކުންވެސް އެކަމަށް އަވަސް ފިޔަވަޅެއް އަޅައިދެއްވުމަށް މައުމޫނު އެދިލައްވާފައިވެއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ، ދައުލަތަށް އެފަަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، ނަމަވެސް އެކަން ބަލައި ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް އެންގުމަށާއި، ކަރެކްޝަންސްގެ އޮފިސަރުންގެ ފަރާތުން އެފަދަ ކަމެއް ހިނގާތޯ ބަލައިދިނުމަށް ދައުލަތުންވެސް އެދޭ ކަމަށެވެ.

އެކަންކަމާއި ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ، ޖަލުގައި އަނިޔާކުރިކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް އެޗްއާރްސީއެމްއަށް އަންގާނެ ކަމަށާއި، ޤައިދީންނާމެދު ރައްކާތެރިވުމަށް ކަރެކްޝަންސްގެ މައްޗަށްވެސް އަންގާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 ޖެނުއަރީ 2020 | އަންގާރަ 20:23
ޢައްުޔަ ރަސީދު
ތިބުނާ މައްސަލަ ވާނުވާ ގަ ކިތަށް އަހަރު ވެއްޖެ ތޯ އިއްޒަތްތެރި ގާޒީ. ޢަނިޔާއެއް ނޫން ތޯ އެއީ؟