Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 15:43
ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސް އޮފީސް
ރިޔާސީ ބަޔާން
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި: މަޖިލިސް
ރައީސް ޞާލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވި ޖަލްސާ ބާއްވާފައިވަނީ ދަރުބާރު ގޭގައި
ރިޔާސީ ބަޔާން އިއްވުން ދަރުބާރުގެއަށް ބަދަލުކުރެއްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނަނީ އަންނަ މަހުގެ 3 ވަނަ ދުވަހު

މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައިކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ. ޒިޔާއު ވިދާޅުވީ، ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޭއްވުމަށް އަދި ހަމަޖެހިފައިވަނީ ވަނީވެސް މަޖިލީހުގެ ޖަލްސާތައް ފަށާ ގަޑި ކަމަށްވާ އެދުވަހުގެ ހެނދުނު 09:00 ގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ރިޔާސީ ބަޔާން އަންނަ މަހުގެ 03 ވަނަ ދުވަހު އިއްވެވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވަނީ ވިދާޅުވެފަ އެވެ. އަދި އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވާކަމަށް ހޫދު ވިދާޅުވި އެވެ.

ރައީސް ޞާލިހުގެ ފުރަތަމަ އަދި މިދިއަ އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ ބާއްވާފައިވަނީ ދަރުބާރު ގޭގައެވެ.

މިއީ ރައީސް ޞާލިހުގެ ދެވަނަ ރިޔާސީ ބަޔާނެވެ.

Advertisement

ރިޔާސީ ބަޔާން އިއްވާ ޖަލްސާ މަޖިލީހުގެ އިދާރާއިން ބޭރުގައި ބާއްވަން ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ރައީސް ޔާމީންގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ ބާއްވާފައިވަނީ 2014 ވަނަ އަހަރު ދަރުބާރުގޭގަ އެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭކަަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމަށްފަހު، ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަން ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރުމުން ރިޔާސީ ބަޔާން އިއްވާދެއްވުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ. އަދި ދެވަނަ ދުވަހަކަށް ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބާއްވަންވެސް ޖެހުނެވެ.

މީގެއިތުރުން، ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ބަދަލުކޮށް، ޓެރަރިޒަމްގެ ދައުވާއަކަށް ބަދަލުކޮށް، 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއެކު، ރައީސް ޔާމީންގެ ސަރުކާރަށް ވެސް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ބޮޑެތި ޕްރެޝަރުތަކާ ކުރިމަތިވެފައިވެއެވެ. އަދި ސަރުކާރުގެ މޫނުމަތި ރީތި ކުރަން ވެސް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހުނެވެ. އަދި ރައްޔިތުންގެ މަޖިލީހަށާއި ސުޕްރީމް ކޯޓަށް ރައީސް ޔާމީންގެ ނުފޫޒު ގަދަކޮށް، ދައުލަތް ހިންގުމުގެ މުޅި ނިޒާމު ގަޑުބަޑުކޮށްލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް