Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 15:25
ބްލޮގަރ ޔާމީން ރަޝީދު
ބްލޮގަރ ޔާމީން ރަޝީދު
ޓްވިޓަރ
ޔާމީން ރަޝީދުގެ މަރު
ޔާމީން ރަޝީދުގެ މަރު: ޒާހިދު ރަމީޒަށް ގުޅޭނެ ގޮތެއް ނުވުމުން ހާޒިރެއް ނުކުރެވުނު!
މި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފައިވޭ
ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ
ދައުވާލިބޭ ހައިޝަމް ބުނީ އިތުރަށް ހެކިން ހާޒިރު ކުރުމަށް ބޭނުން ނުވާކަމަށް

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ދިފާއީ ހެކިވެރިއެއްގެ ގޮތުން ހުށައަޅާފައިވާ ޒާހިދު ރަމީޒު ހާޒިރު ނުކުރެވުނީ އޭނާއަށް ގުޅޭނެ ގޮތެއް ނުވުމުން ކަމަށް ޝަރީއަތުން ބުނެފިއެވެ.

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރުކަންވެސް ކުރައްވާފައިވާ ޒާހިދު ރަމީޒް މި މައްސަލައިގެ ދިފާއީ ހެކިވެރިއެއްގެ ގޮތުގައި ހުށައަޅާފައިވާއިރު، އަންގާރަ ދުވަހު ވަނީ މި މައްސަލައިގެ ދިފާއީ ހެކިން ހުށައެޅުމަށް އަޑުއެހުމެއް ބާއްވާފައެވެ.

މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދް ހުސައިން ވިދާޅުވީ، ޒާހިދު ރަމީޒު ހާޒިރުކުރުމަށްޓަކައި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މެސެޖް ފޮނުއްވި ކަމަށާއި، އޭނާއަށް ގުޅޭނެ ނަންބަރެއް ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން އޭނާގެ އާއިލާ ދިރިއުޅެނީ ލަންކާގައި ކަމަށްވާތީ އާއިލާއާއި ގުޅޭނެ ގޮތެއް ނުވި ކަމަށާއި، ޒާހިދު މާލޭގައި އުޅުނު ނަމަވެސް ޒާހިދުއަށް ގުޅޭނެ ގޮތެއްވެސް ނުވި ކަމަށެވެ.

މި މައްސަލައިގެ ދެން އޮންނަ އަޑުއެހުން 15 ޖެނުއަރީއަށް ތާވަލުކުރުމަށް ނިންމާފައިވާ ކަމަށާއި، އެ އަޑުއެހުމުގެ ކުރިން ދިފާއުން ޒާހިދު ރަމީޒުގެ މައުލޫމާތުތައް ހުށައަޅުއްވައިފިނަމަ އޭނާ ހާޒިރު ކުރުމަށް ކޯޓު އަމުރު ނެރޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

Advertisement

ޔާމީން ރަޝީދަށް މަރުގެ އިންޒާރުވެސް ދިން ކަމަށް ބުނާ ޒާހިދު ހާޒިރު ކުރުމަށް ކޯޓު އަމުރު ނެރުމަށް ޝަރީޢަތުން ނިންމާފައިވާއިރު، މިއަހަރުގެ ކުރީކޮޅު މަރު ކޮމިޝަނުންވެސް ވަނީ ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ޒާހިދު ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެގޮތުން އޭރު ކޮމިޝަނުން ޒާހިދުއާއި ސުވާލުކޮށްފައިވަނީ އޭނާ ކޮށްފައިވާ ޓްވީޓުތަކަކާއި ގުޅިގެންނެވެ.

އޭގެއިތުރުން، މި މައްސަލައިގައި ދައުވާލިބޭ ހައިޝަމްގެ ވަކީލު ވަނީ މައްސަލައިގެ ހެކި ވަޒަން ކުރުމާއި، ޝަރީއަތުން ބަލައިގަތް ހެކިބަސް ތަކުގައި އެކިކަހަލަ ފުށުއެރުން ހުރިކަން ފާހަގަ ކުރައްވައި އިތުރަށް ހެކިން ހާޒިރު ކުރުމަށް ބޭނުން ނުވާކަން ފާހަގަ ކުރައްވާފައެވެ.

މި މައްސަލައިގެ ހެކިން ހާޒިރު ކުރުމުގެ އަޑުއެހުންތައް ކުރިއަށްދާއިރު، މައްސަލައިގައި ދައުވާލިބޭ އަހުމަދު ޒިހާން އިސްމާއިލްގެ ފަރާތުން ވަނީ ދެން އަންނަ އަޑުއެހުމެއްގައި ހެކި ހުށައަޅާނެ ކަަމަށް ބުނެފައެވެ. އެގޮތުން މި މައްސަލައިގައި ދެ ފަރާތުން ފާހަގަ ކުރި ކަންކަމަށް ރިއާޔަތް ކުރައްވައި ގާޒީ އަލީ ރަޝީދް ހުސައިން ވިދާޅުވީ، ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހެކިން ހާޒިރުކުރުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށާއި، އެއަށްފަހު ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް