Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 14:41
ރަސްމިއްޔާތުގެ ތެރެއިން
ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
ސީއެސްޓީ
ޕާކިސްތާނުން ސީއެސްޓީއައިއަށް އޮފީސް ސާމާނު ހަދިޔާކޮށްފި
10 ޑެސްކްޓޮޕް ކޮމްޕިއުޓަރ ހަދިޔާ ކޮށްފައިވޭ
5 ލެޕްޓޮޕްއާއި 3 މަލްޓިމީޑިއާ ޕްރޮޖެކްޓަރރ ހަދިޔާކޮށްފައިވޭ
ފަހުގެ ތާރީހެއްގައި ކާޕެޓެއް ވެސް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފަ

ޕާކިސްތާން ސަރުކާރުން، ރާއްޖޭގެ ސިވިލް ސަރވިސް ޓްރެއިނިނގް އިންސްޓިޓިއުޓް (ސީއެސްޓީއައި) އަށް އޮފީސް އާލާތްތައް ހަދިޔާކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް ރިޓަޔަރޑް ވަސީމް އަކުރަމްއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް، ޑރ އަލީ ޝަމީމްއެވެ.

ޕާކިސްތާނުން ސީއެސްޓީއައި އަށް ހަދިޔާކޮށްފައިވަނީ 10 ޑެސްކްޓޮޕް ކޮމްޕިއުޓަރާއި، 5 ލެޕްޓޮޕްއާއި 3 މަލްޓިމީޑިއާ ޕްރޮޖެކްޓަރުގެ އިތުރުން 6 އެއަރ ކޮންޑިޝަނަރެވެ. އަދި ފަހުގެ ތާރީޚެއްގައި ކާރޕެޓެއް ވެސް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

މީގެކުރިންވެސް ޕާކިސްތާނުން ސީއެސްޓީއައި އަށް އެހީވެދީފައިވެއެވެ. އެގޮތުން 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު 2 ސްމާޓް ބޯޑު ހަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއެސްސީގެ ރައީސް ޑރ ޢަލީ ޝަމީމް ވިދާޅުވީ ޕާކިސްތާނުން ދިން ހަދިޔާތަކުން ރަމްޒުކޮށްދެމުންދަނީ ރާއްޖެއާއި ޕާކިސްތާނުގެ ބަދަހިވަމުން އަންނަ ގުޅުން ކަމަށެވެ. އެގޮތުން ސީއެސްޓީއައި ކުރިއަރުވާ ތަރައްޤީ ކުރުމަށް ޕާކިސްތާނުން ވަރަށް އިސްރޯލެއް އަދާކުރައްވާފައިވާ ކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެއާއި ޕާކިސްތާނާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މިގުޅުމަށް 53 އަހަރުވެފައިވާއިރު ރާއްޖެއަށް ތަރައްޤީ ކަންކަމުގައި ޕާކިސްތާނުން އެހީތެރިވެދީފައިވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް