Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 11:43
ވިލިމާލެ
ވިލިމާލެ
ފޭސްބުކް
މަސްމާރުކޭޓް
ވިލިމާލޭގައި މަސް މާރުކޭޓެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ
500 ރުފިޔާ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަންޖެހޭ
ބިޑްސެކިޔުރިޓީގެ ގޮތުގައި ތިރީސް ތިންހާސް ހުށަހަޅަން ޖެހޭ
ބީލަން ހުޅުވުން އޮންނާނީ 05 ފެބްރުއަރީގައި

ވިލިމާލޭގައި މަސް މާރުކޭޓެއް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިނޭންސުން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސުން ޢާންމުކުރި އިޢުލާނެއްގައި ބުނެފައިވަނީ، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ އެދުމުގެ ތެރެއިން ވިލިމާލޭގައި މަސް މާރުކޭޓެއް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިހާރު ވަނީ، ވިލިމާލޭގައި މަސް މާރުކޭޓެއް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުލާފައެވެ. އަންނަ މާރޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން ބީލަން ގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތިން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އިޢުލާންކޮށްފައިވާ މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށްވެސް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

Advertisement

ފިނޭންސް މިނިސްޓްރީން ބުނީ ބީލަމުގައި ބައިވެރިވުމަށް ފަސްސަތޭކަ ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަމަށާއި، ފައިސާ ބަލައިގަންނާނީ މިމަހުގެ 07 އިން އަންނަ މަހުގެ 04 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 12:00 އަށް މިނިސްޓްރީއަށް ކަމަށެވެ. އަދި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ތިރީސް ތިންހާސް ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މިމަހުގެ 08 ވަނަ ދުވަހުން ފެށިގެން ސޮފްޓް ކޮޕީ ފޯރމެޓުގަ، އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ. އަދ ބީލަމާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބީލަން ހުޅުވުން އޮންނާނީ 05 ފެބްރުއަރީ ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާ ކުރާ މާލަމުގައި ކަމަށާއި، ގަޑިޖެހުމަށް ފަހު ހުށަހަޅާ ބިޑުތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށެވެ. އަދި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި، ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް