ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 10:49
ގެއްލިގެން ހޯދަމުންދާ ނަސްރުﷲ އަބްދުﷲ
ގެއްލިގެން ހޯދަމުންދާ ނަސްރުﷲ އަބްދުﷲ
ފޭސްބުކް
އެމްއެންޑީއެފް
ޑިންގީއިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދަނީ
ނަސްރުﷲ ހޯދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ހުރިހާ ވަސީލަތެއް ބޭނުންކުރަނީ

މި މަހުގެ 2 ވަނަ ދުވަހު ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހިގެން ހިނގި އެކްސިޑެންޓުގަ، ގެއްލިގެން ހޯދަމުންދާ މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުއްޓަށް ނިޞްބަތްވާ އުމުރުން 41 އަހަރުގެ ނަޞްރުﷲ ޢަބްދުﷲއެވެ. އޭނާ ގެއްލިގެން ހޯދަމުންދާތާ 5 ދުވަސްވެފައިވާ އިރު، އެމްއެންޑީއެފުން ދަނީ ހުރިހާ ވަޞީލަތެއްގެ ބޭނުން ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ އެކްސިޑެންޓުގަ، ގެއްލުނު މީހާ ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން އެ ޞަރަޙައްދުގައި ޑައިވްކުރަމުންދާ ކަމަށެވެ. އަދި ކޯސްޓްގާޑުގެ ލޯންޗުގައި ކަނޑުގެ ސަރފޭސް ބަލަމުންދާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ 7:07 ކަން ހާއިރު، ބ. ދޮންފަނު ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހިގެން ހިނގި އެކްސިޑެންޓުގަ ގެއްލިގެން ހޯދަމުންދާ ނަޞްރުގެ އިތުރުން އެ ޑިންގީގައި އިތުރު 3 މީހުން ތިއްބެވެ. ނަމަވެސް އެކްސިޑެންޓުވި ލޯންޗުން ވަނީ، އެ 3 މީހުން ލޯންޗަށް ނަގާފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ވެފައިވަނީ ބ. ދަރަވަންދޫއިން ފުރައިގެން ދިޔަ ޑިންޑީއަކާއި އެ އަތޮޅު އޭދަފުށީ ލޯންޗެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓްވި ޑިންގީ އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް އެ ޑިންގީ ވެސް ފެނިފައެއް ނުވެއެވެ.

- ކޮމެންޓް