Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 09:18
އިލެކްޝަން ކޮމިޝަންގެ މެންބަރުން
އިލެކްޝަން ކޮމިޝަންގެ މެންބަރުން
ޔޫސުފް ސޮފްވާން ރަޝީދު
އިލެކްޝަން ކޮމިޝަން
ރަށްވެހިކަމާއި ނަން ބަދަލުކުރަން ބޭނުންވާނަމަ، މިމަހުގެ 15އިގެ ކުރިން އެކަން ނިންމުމަށް އިލެކްޝަންސްއިން އެދެފި
ކައުންސިލް އިންތިޚާބުގެ ރަޖިސްޓްރީ ފައިނަލް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން
މިމަހުގެ 15ގެ ފަހުން ވޯޓުލާމީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ
ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިސްލާހު ކުރަންޖެހޭ

ރަށްވެހިކަން ބަދަލު ކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، މިމަހުގެ 15 ގެ ކުރިން ރަށްވެހިކަން ބަދަކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އަންނަ އެޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، ރަޖިސްޓަރީ ފައިނަލް ކުރުމުގެ މަސައްކަތް އެކޮމިޝަނުން ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ރަށްވެހިކަން ބަދަލު ކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، 2020 ޖަނަވަރީ 15 ވާ ބުދަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމަން އީސީން ވަނީ އިލްތިމާސްކޮށްފައެެވެ.

Advertisement

މީގެ އިތުރުން އީސީން ބުނީ މިމަހުގެ 15 ގެ ފަހުން ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށެވެ. އެހެންކަމުން، ރަށްވެހިކަން ބަދަލުވެފައިވާ އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތަކުން، ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ އިލެކްޝަންސް ކޮމިޝަނުން ދޭ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިޞްލާޙު ކުރުމަށް އެކޮމިޝަނުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް