Advertisement
ކ. މާލެ
|
7 ޖެނުއަރީ 2020 | އަންގާރަ 08:58
ކޮޗިން އެއަރޕޯޓުގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި މީހުން
ކޮޗިން އެއަރޕޯޓުގައި ރާއްޖެ ނާދެވި ތާށިވެފައި ތިބި މީހުން
ރާއްޖެއެމްވީ
މޯލްޑިވިއަން
ކޮޗިން އެއަރޕޯޓުގަ ތާށިވެފައި ތިބި ދިވެހިން އަންނަން ފަށައިފި
ރާއްޖެ އައުމަށް ގާތްގަނޑަކަށް ދިވެހިންގެ 3 ގުރޫޕެއް ތިބި
ފުލައިޓްތައް ޑިލޭވަމުން ދަނީ މި ދުވަސްވަރުގެ ގޮތުން
ފުލައިޓްތައް ޑިލޭވަނީ ބާރުބޮޑުވުމުގެ ސަބަބުން

ރާއްޖޭގެ ޤައުމީ އެއަރލައިންގެ ފުލައިޓް ޑިލޭވެގެންނާއި ކެންސަލްވެގެން އިންޑިއާގެ ކޮޗިންގެ އެއަރޕޯޓުގައި ތާށިވި ދިވެހިންތައް އަންނަން ފަށައިފިއެވެ.

އިންޑިއާގެ ކޮޗިން އެއަރޕޯޓުގައި، ރާއްޖެ އައުމަށް ގާތްގަޑަކަށް ދިވެހިންގެ 3 ގުރޫޕެއް ތިބިއިރު އަންގާރަ ދުވަހު ސްކޫލަށް ނުކުންނަންޖެހޭ ގިނަ ޢަދަދެއްގެ ޓީޗަރުން ތިބި ކަމަށް ކޮޗިން އެއަރޕޯޓުގަ ހުރި މީހަކު "ރާއްޖެއެމްވީ" އަށް ވަނީ މަޢުލޫމާތު ދީފައެވެ. އޭނާ ބުނީ ރޭ ފަތިހު 5:30 ގައި އެއަރޕޯޓަށް ފުރަން ދިޔަގޮތަށް ގިނަ ބަޔަކު ތިބީ ނުފުރިފައި ކަމަށެވެ.

އެގޮތުން ކޮޗިން އެއަރޕޯޓުގައި ހުރި މީހަކު "ރާއްޖެއެމްވީ" އަށް މަޢުލޫމާތު ދެމުން ބުނީ، ކޮޗިންގައި ތާށިވެފައި ތިބި ދިވެހިންތައް މިހާރު އަންނަން ފަށާފައިވާ ކަމަށެވެ.

Advertisement

ފްލައިޓުތައް ޑިލޭވާ މައްސަލައާއި ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މަޢުލޫމާތުދެމުން މޯލްޑިވިއަނުން ބުނީ ފުލައިޓްތައް ޑިލޭވަމުންދާ ކަމަށާއި، އެއީ ޤަޞްދުގަ ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ފުލައިޓްތައް ޑިލޭވަމުން ދަނީ މި ދުވަސްވަރުގެ ގޮތުން ކަމަށެވެ. ފުލައިޓްތައް ޑިލޭވާ މައިގަނޑޫ ސަބަބެއްގެ ގޮތުގަ މޯލްޑިވިއަނުން ފާހަގަކޮށްފައިވަނީ އެއަރޕޯޓު ބާރުބޮޑުވުމުގެ މައްސަލައެވެ.

ރަންވޭގެ މަސައްކަތަށް ރޭގަނޑުގެ ވަގުތުތަކުގައި، ރަންވޭގެ ބައެއް ބަންދުކުރުމުން ފުލައިޓްތައް ރޭގަނޑު ނުޖައްސައެވެ. އަދި ދުވާލުގަނޑީގަ ފުލައިޓްތައް ޖައްސާއިރު، މި ދުވަސް ވަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަންކަމަށް ވުމުން، ބައެއް ފުލައިޓްތަކަށް ބޮޑެތި ޑިލޭތައް އަންނަމުންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް