Advertisement
ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 19:09
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައިކޯޓުގެ އިސްބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައިކޯޓުގެ އިސްބޭފުޅުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން
އުއްތަމަ ފަނޑިޔާރު، ހައިކޯޓުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލައިފި
މަގާމައި ހަވާލުވެވަޑައިގަތް ފަހުން ހައިކޯޓަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރު
އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ޑިސެމްބަރު މަހު
ފަނޑިޔާރު ހުސްނުއްސޫދުވެސް ބައިވެރިވެ ވަޑައިގެންނެވި

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ހައިކޯޓަށް ޒިޔާރަތް ކުރައްވައިފިއެވެ.

ހޯމަ ދުވަހު އުއްތަމަ ފަނޑިޔާރު ހައިކޯޓަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އަދި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޙުސެއިން ފާއިޒުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހައިކޯޓަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ ހައިކޯޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މައުލޫމާތު އޮޅުންފިލުއްވާ، ހައިކޯޓުގެ ޝަރީޢަތް ކުރާ މާލަމްތައް ބައްލަވާލެއްވި ކަމަށް ހައިކޯޓުން މައުލޫމާތުދެއެވެ.

Advertisement

މިއީ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް މުއުތަސިމް ޢަދުނާން އައްޔަން ކުރެއްވި ފަހުން، އެ މަނިކުފާނު ދިވެހިރާއްޖޭގެ ހައިކޯޓަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ފަހަރެވެ. އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް މުއުތަސިމް އައްޔަން ކުރައްވާފައިވަނީ، ހުސްވި ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ.

މުޢުތަޞިމް އަދުނާނަކީ މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ފަނޑިޔާރެކެވެ. މުޢުތަޞިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗު ފަސް ފަނޑިޔާރުންނަށް ތިރިކުރުމަށް ރައީސް ޔާމީނުގެ ސަރުކާރުން ޤާނޫނަށް ގެންނެވި އިޞްލާޙާ ގުޅިގެންނެވެ.

އެ އިޞްލާޙާ ގުޅިގެން، އޭރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން ވެސް ފަނޑިޔާރުކަމުން ވަނީ ވަކިކުރައްވާފަ އެވެ. އެ ދެ ފަނޑިޔާރުން މަޤާމުން ވަކިކުރެއްވިއިރު، އެ ދެ ފަނޑިޔާރުންނަށް ޖަވާބުދާރީ ވުމަށްވެސް ފުރުޞަތު ދެއްވާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް