Advertisement
ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 18:17
އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން
އަދާލަތު ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
އަދާލަތު ޕާޓީ
ކައުންސިލް އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
ފޯމް ހުށައަޅަން ޖެހެނީ 23 ގެ ކުރިން
ޕާޓީގެ ވެބްސައިޓުން ފޯމް ލިބެން ހުންނާނެ
ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އޭޕްރީމް ހަތަަރެއް ގައި

މި ހިނގާ 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް އަދާލަތު ޕާޓީގެ ޓިކެޓު ދިނުމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އަދާލަތުން ވަނީ، އިންތިޚާބުގައި ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓު ދިނުމަށް އެދޭ ފަރާތްތަކުން މި ހިނގާ ޖެނުއަރި މަހުގެ 26 ގެ މެންދުރުފަހު 15:00 ގެ ކުރިން ޕާޓީގެ ޓިކެޓަށް އެދޭ ފޯމާއި، ގާނޫނީ ފޯމް ފުރިހަމަކުރުމަށް ފަހު ޢަދާލަތު ޕާޓީގެ މައި އޮފީސް، ހ.ފުލިދޫގެ، ތިންވަނަ ފަންގިފިލާ އަށް ހުށައެޅުމަށް އެދިފައެވެ. އަދި ފޯމް ޕާޓީގެވެބްސައިޓުންއަދި ޕާޓީގެ މައި އޮފީހުން ލިބެންހުންނާނެ ކަމަށް އަދާލަތުން ބުންޏެވެ.

Advertisement

އަދާލަތުގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، ސަރުކާރު މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އެ ޕާޓީގެ ޓިކެޓްގައި ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށައެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް