Advertisement
ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 18:16
ޖަލުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން
ޖަލުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން
އެމްވީކްރައިސިސް
ޕްރޮގްރެސިވް ކޯލިޝަން
ޔާމީންގެ ރައްކާތެރިކަމާއިމެދު ކަންބޮޑުވުން ފާޅުކުރަމުން، މުނާޒާއި އިމްރާންގެ އިސްތިއުފާއަށް ގޮވައިފި
ލާއިންސާނީ ޢަމަލުތައް ތަހުގީގު ކުރުމަށް ގޮވާލާފައިވޭ
ޖަލުގެ ކަންކަން އިސްލާހުނުވެ، ތަކުރާރު ވެގެން ދިއުމަކީބަލައިގަނެވޭނެ ކަމެއް ނޫން: އިދިކޮޅު
ގައިދީންގެ ހައްގުތައް ރައްކާތެރި ކުރުމަށް ސަރުކާރު ވަނީ ފެއިލްވެފައި: ޕީޕީއެމް/ޕީއެންސީ

މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާއިމެދު ކަންބޮޑުވުން ފާޅުކުރަމުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިސްތިއުފާއަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގޮވާލައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެހެން ގޮވާލާފައިމިވަނީ މުނާޒް, ފުލުހުން ގޮވައިގެން އާދިއްތަ ދުވަހު މާފުށީ ޖަލަށްވަދެ ގައިދީންނަށް އަނިޔާކޮށް, ޕެޕަރ ސްޕްރޭޖަހާ ޖަލުގައި ހަމަނުޖެހުން ހިންގިކަމަށް އަޑުތަކެއް ފެތުވެރިފައިވަނިކޮށެވެ. އެކަން ކުށްވެރިކޮށް އިދިކޮޅުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެއީ ބައިނަލްއަގްވާމީ މިންގަނޑުތަކާ، ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ނުބައި އަމަލެއް ކަމަށެވެ. އަދި މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ޕީޕީއެމްގެ ރައީސް، އަދި 2023 ވަނަ އަހަރުގެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ސަލާމަތާ ރައްކާތެރިކަމާމެދު އެ ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ.

Advertisement

ޖަލުގެ ކަންކަން އިސްލާހުނުވެ އެފަދަ ކަންކަން އިތުރަށް ތަކުރާރު ވެގެން ދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރަމުން އިދިކޮޅުގެ ބަޔާނުގައި ބުނީ، އަދި މިކަމުން، އެނގިގެން ދަނީ މިސަރުކާރުގެ ކިބައިގައި، ކަންކަން އިސްލާހު ކުރުމުގެ ގާބިލްކަން ނެތްކަމާއި، ޖަލުތައް ހިންގުން ހަރުދަނާ ކުރުމުގައްޔާއި ގައިދީންގެ ޙައްގުތައް ކަށަވަރުކޮށްދިނުމުގައި ފެއިލްވެފައިވާކަން ވަރަށް ސާފު ކަމަށެވެ.

އެހެންކަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕްރިޒަންސްޢަބްދުﷲ މުނާޒް މިހާރުން މިހާރަށް އިސްތިޢުފާ ދިނުމަށް މިކޯލިޝަނުން ގޮވާލަން.
ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާން

ޖަލުގައި ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޢަމަލުތައް ތަހުގީގު ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
6 ޖެނުއަރީ 2020 | ހޯމަ 20:05
ޑަންޑަނާ
ގުރޫޕުޔައް ބޭނުން ކޮއްގެން ނުވީމަ ޖަލުގެ ދެ ތަނބު ވައްޓާލަން ލަފާދިނީ ރޭގަ އަދުރޭ
6 ޖެނުއަރީ 2020 | ހޯމަ 19:43
ކާޑު 7
ޖަލު ހިލުވާލައިގެން ޖަހަން އުޅުނު ސަކަރާތް ކާމިޔާބެއް ނުވިތާ. ސާބަސް ކަރެކްޝަން އޮފިސަރުން