Advertisement
ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 12:44
އުސްފަސްގަނޑު
އުސްފަސްގަނޑު
ރާއްޖެއެމްވީ
އުސްފަސްގަނޑު
އުސްފަސްގަނޑު އާންމުންނަށް ހުޅުވާލައިފި
އެސަރަހައްދު ބަންދުކުރީ ސިނަމާލެ ބްރިޖުއެޅުމުގެ މަސައްކަތަށް
ސިޔާސީ ހަރަކާތްތައް ވެސް އުސްފަސްގަނޑުގައި ކުރިއަށް ގެންދިޔަ
އެބިން ވަނީ ސަރުކާރާ ހަވާލުކޮށްފައި

ދަރުބާރުގެ ބިއްދޮށަށް ބަންދުކޮށްފައި އޮތް އުސް ފަސްގަނޑު އަހަރުތަކެއް ފަހުން ޢާންމުންނަށް އަލުން ހުޅުވާލައިފިއެވެ.

އުސް ފަސްގަނޑު ޞަރަޙައްދު ބަންދު ކުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސިނަމާލެ ބްރިޖު އެޅުމުގެ މަސައްކަތަށެވެ.

އެގޮތުން އުސް ފަސްގަނޑުގައި ފެންސް ޖަހާ އެ ޞަރަޙައްދު ބަންދުކޮށް އެތަނުގަ ބްރިޖުގެ މަސައްކަތް ކުރުމަށް އައި ޗައިނާގެ ސީސީސީސީ ކުންފުނީގެ މުވައްޒަފުން ތިބުމަށް ކޮޓަރިތަކާއި، އޮފީސް ޢިމާރާތްތައް ހެދިއެވެ.

Advertisement

ބޮޑުތަކުރުފާނު މަގަށް އޮންނަ އުސް ފަސްގަނޑު ހުޅުވާލާފައިމިވަނީ ބްރިޖުގެ މަސައްކަތް ނިންމާ، ސީސީސީސީ ކުންފުނީގެ މުވައްޒަފުން އެޞަރަޙައްދު ހުސްކޮށް، ބިން ސަރުކާރާ ހަވާލުކުރުމާ ގުޅިގެންނެވެ.

އުސްފަސްގަނޑު ޞަރަޙައްދު އާދިއްތަ ދުވަހުގެ ހަވީރުން ފެށިގެން ޢާންމުންނަށް ހުޅުވާލާފައިވާއިރު، މިޞަރަޙައްދަކީ މީގެ ކުރިން ކުޑަކުދިން ކުޅުމަށާއި، މަޑިއެރުން ފަދަ ކަންކަން ބޭނުން ކުރި ޞަރަޙައްދެކެވެ. މީގެ އިތުރުން ސިޔާސީ އެކި ޙަރަކާތްތައް ވެސް އުސް ފަސްގަނޑުގައި ކުރިއަށް ގެންދިޔައެވެ.

އެގޮތުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމާ ގުޅިގެން ގިނަ ދުވަސްތަކަކަށް އެމްޑީޕީން ސިޔާސީ ޙަރަކާތްތައް ހިންގުމަށް ބޭނުންކުރީ ވެސް އުސް ފަސްގަނޑެވެ. އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު އެ ޞަރަޙައްދުގަ ގާޑިޔާގެ ވިޔަފާރިތައް ހިންގިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް