Advertisement
ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 06:42
ކުޑަ ވިލިނގިލި ކައިރީގައި އޮތް ސަފާރީގައި ރޯވެފައި
ކުޑަ ވިލިނގިލި ކައިރީގައި އޮތް ސަފާރީގައި ރޯވެފައި
އެމްއެންޑީއެފް
އެމްއެންޑީއެފް
ކުޑަ ވިލިނގިލި ކައިރީގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަމުންދަނީ
މި ސަފާރީގައި 3 މީހުން ތިބި، އަދި އެމީހުން ވަނީ ތުލުސްދޫ ސިއްހީ މަރުކަޒަށް ގެންދެވިފައި

ސަފާރީއެއްގައި ރޯވެ އަދަމުންދާތީ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެމްޑީއެފުން ބުނީ ރޯވެ އަނދަމުންދަނީ ކ. ތުލުސްދޫ ކައިރީގައި އޮންނަ ކުޑަ ވިލިނިގިލި ފަޅުތެރޭގައި އޮތް ވެރިޓާ ނަމަކަށް ކިޔާ އޮސްޓްރޭލިއާ ސަފާރީއެއްގައި ކަމަށާއި އަލިފާން ރޯވެގެން އެމްއެންޑީއެފުގެ ފަޔަރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Advertisement

އެމްއެންޑީއެފުން ބުނީ ސަފާރީގައި ރޯވި އިރު އޭގައި ތިބީ ތިން މީހުން ކަމަށާއި، އެމީހުން އެހެން އުޅަނދަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހުން ތުލުސްދޫ ސިއްހީ މަރުކަޒަށް މިހާރު ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގެ މައުލޫމާތު ލިބުނީ ހޯމަ ދުވަހުގެ ފަތިހު 5:42 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ރޯވެފައިވަނީ އެ ސަފާރީގެ ފަހަތުގައެވެ. އަދި ބޮޑު ބައެއް އަނދާފައިވާ އިރު، އަލިފާން ކޮންޓްރޯލުވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް