Advertisement
ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 08:40
ލަންކާގެ މަގުތަކުގައި ފުލުހުން އަމަން ބަލަހައްޓަނީ
ލަންކާގެ މަގުތަކުގައި ފުލުހުން އަމަން ބަލަހައްޓަނީ
ޑެއިލީ މިރޯ
ލަންކާ
ސްރީ ލަންކާއިން 12 ދިވެހިން ހައްޔަރުކޮށް 4 މީހަކު ދޫކޮށްލައިފި
ދޫކޮށްލީ 3 ކުދިންނާއި، އެ ކުދިންގެ މަންމަ

ސްރީލަންކާއިން 12 ދިވެހިން ހައްޔަރުކޮށް އޭގެ ތެރެއިން 4 މީހަކު ދޫކޮށްލައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް 12 ދިވެހިން ގެންދިޔަ ކަމަށާއި، އޭގެ ތެރެއިން މިހާތަނަށް ހަތަރު ދިވެހިން ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލާފައިވަނީ ކުޑަ ތިން ކުދިންނާއި، އެ ކުދިންގެ މަންމައެވެ.

ހައްޔަރު ކުރި ދިވެހިންގެ ތެރެއިން 7 މީހަކު ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި 7 މީހުންގެ ތެރޭގައި ޕާސްޕޯޓުގެ މުއްދަތު ހަމަވެ، އަދި ވިސާގެ މުއްދަތު ހަމަވި ފަހުންވެސް ގިނަ ދުވަސްތަކެއް ވަންދެން ލަންކާގައި އުޅެމުންދިޔަ ދެ ދިވެހިން ހިމެނެއެވެ.

Advertisement

ލަންކާގައި ދިން އީސްޓަރ އެޓޭކަށްފަހު ފޮރިން މިނިސްޓްރީން ވަނީ ދިވެހިން ބޭރުގައި އުޅޭ އިރު ޕާސްޕޯޓު ހިފައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި 12 ދިވެހިން އާދީއްތަ ދުވަހު ހައްޔަރުކުރުމާއި ގުޅިގެން، ފޮރިން މިނިސްޓްރީން ވަނީ ލަންކާގައި ދިރިއުޅޭ ރައްޔިތުން ގެއިން ބޭރަށް ނިކުންނައިރު ޕާސްޕޯޓް ގެންގުޅުމަށް އަނެއްކާވެސް އިލްތިމާސްކޮށްފައެވެ.

ހައްޔަރުކުރި ދިވެހިންގެ ކަންކަން ގާތުން ބަލަމުން އަންނަ ފޮރިން މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް