ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 09:11
ލޯބިވެވިއްޖެގެ ޝޫޓިންގެ ތެރެއިން
ލޯބިވެވިއްޖެގެ ޝޫޓިންގެ ތެރެއިން
ފޭސްބުކް
ލޯބިވެވިއްޖެ
"ލޯބިވެވިއްޖެ"ގެ 50 ޕަސެންޓް ޝޫޓްކޮށް ނިމިއްޖެ: ސީޒަން
ފިލްމުގެ ލަވައިގެން މަސައްކަތް ދަނީ ކުރިޔަށް: ސީޒަން
ފިލްމުގެ މަންޒަރުތައް ލަންކާގައި ނަގާނެ
ރަށުގެ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބޭ" ލޯބިވެވިއްޖެގެ ޓީމް

މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ޑައިރެކްޓް ކުރާ ފިލްމު ''ލޯބިވެވިއްޖެ''ގެ ސޫޓިންގ ގެ 50 އިންސައްތަ ނިމިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ފިލްމުގެ މަންޒަރުތައް ނެގުމަށް ފިލްމުގެ ކްރޫ މިހާރު ޙަރަކާތްތެރިވަމުންދަނީ، ގދ. ތިނަދޫގައެވެ.

އެ ފިލްމާއި ބެހޭ ގޮތުން ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެމުން ސީޒަން ބުނީ، ފިލްމުގެ 50 އިންސައްތަ ޝޫޓްކޮށްފައިވަނީ ތިނަދޫގައިކަމަށެވެ. ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ތިނަދޫ ބަނދަރުގެ ރަށުގެ ހިތްގައިމު ތަންތަނުގައެވެ. ސީޒަން ބުނީ، ފިލްމުގެ ފުރަތަމަ ލަވަ ހެދުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާ ކަމަށެވެ. އެކަމަކު ބެލުންތެރިންނާ ހަމަޔަށް ލަވަ ދޫކޮށްލާނެ ތާރިޚެއް ސީދާ އޭނާއެއް ނުބެނެއެވެ. ސީޒަން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުން ރަށުގެ ފިލްމު ޝޫޓްކުރަން ބޭނުންވި ހުރިހާ ޞަރަޙަދެއްގަ ޝޫޓް ކުރުމުގެ ފުރުޞަތު ނުލިބުނުކަމަށެވެ. ތިނަދޫގަ ނަގާ މަންޒަރުތައް ނެގުމަށް ފަހު ފިލްމުގެ ކްރޫއިން މާލެ އައުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ.

މި ފިލްމު ޑައިރެކްޓް ކުރަނީ ސީޒަންގެ އަންހެނުން އައިމިނަތު ޝާނަޒްގެ އިތުރުން ޝާނިޒް އަލީ އެވެ.

ސީޒަން ބުނީ، ތިނަދުއަށް ފަހު ފިލްމުގެ މަންޒަރުތައް މާލޭގެ އިތުރުން ސްރީލަންކާގައި ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމުގެ ކާސްޓުންގެ ތެރޭގައި މަރިޔަމް ޢައްޒަ، ޢަލީ ޢާޒިމް (ދޮން އައްޔަ) އިރުފާނާ އިބްރާހީމް، އަދި އަޙްމަދު އީސަ (އާނަންދު) ހިމެނެއެވެ.

- ކޮމެންޓް