ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 22:41
ރޫހް އަފްޒާނާގެ ޕޯސްޓަރެއް
ރޫހް އަފްޒާނާގެ ޕޯސްޓަރެއް
ބޮލީވުޑް ހަންގާމާ
ރޫހި އަފްޒާނާ
ރާޖްކުމާރް ރާއޯއާ ޖާންވީގެ ފިލްމުގެ ނަން ތިން ވަނަ ފަހަރަށް ބަދަލުކޮށްފި
ފިލްމުގައި ޝްރައްދާގެ ހާއްސަ ފެނިލުމެއް
ރޮނިތް ރޯއިގެ އިތުރުން އާމްނާ ޝަރީފް ފެނިގެންދާނެ
ފިލްމު ރިލީޒް ކުރަނީ އޭޕްރީލް މަހު 20 ގައި

ޖާންވީ ކަޕޫރް އާއި ރާޖްކުމާރު ރާއޯގެ އިތުރުން ވަރުން ޝަރްމާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ''ރޫހި އަފްޒާ'' އިންނެވެ. ފިލްމުގެ ނަން މީގެ ކުރިން ''ރޫހް އަފްޒާ'' އަށް ބަދަލުކުރުމަށް ފަހު އޭގެ ފަހުން ވަނީ ''ރޫހި އަފްޒާ'' އަށް ބަދަލުކޯށްފައެވެ.

ރާޖްކުމާރް ރާއޯ އާއި ޖާންވީ ފެނިގެންދާ ފިލްމުގެ ނަން އަނެއްކާވެސް މިވަނީ ބަދަލުކޮށްފައެވެ. މި ފަހަރު ފިލްމަށް ކިޔާފައިވަނީ ''ރޫހި އަފްޒާނާ'' އެވެ. މި އަޕްޑޭޓް ހާމަކޮށްފައިވަނީ ފިލްމު ޕްރޮޑަކްޝަން ކުންފުނި މޭޑްޑޮކްފިލްމްސް އިންނެވެ.

ހެއްވާ މަޖާ އަދި ބިރުވެރި މި ފިލްމު ޑައިރެކްޓް ކުރަނީ ހާރްދިކް މެހެތާއެވެ. މި ފިލްމަކީ މެހެތާގެ ފުރަތަމަ ޑައިރެކްޝަނެވެ. މި އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމުގައި ރާޖްކުމާރް ރާއޯ އާއި ޖާންވީގެ އިތުރުން ޕަންކާޖް ތްރިޕާތީއާ ސީރީޒްތަކުން މަޝްހޫރުވެގެން ދިޔަ ރޮނިތް ރޯއިގެ އިތުރުން އާމްނާ ޝަރީފް މުހިއްމު ރޯލްތަކުން ފެނިގެންދާނެއެވެ.

ފިލްމުގައި ޝްރައްދާ ކަޕޫރްގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ފިލްމާއި ބެހޭ ގޮތުން މާ ގިނަ މައުލޫމާތުތަކެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

- ކޮމެންޓް