ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 22:45
ނޯރާ ފަތެހީ
ނޯރާ ފަތެހީ
ފޭސްބުކް
ނޯރާ ފަތެހީ
އަޖޭގެ އެކްޝަން ފިލްމުގެ ބަތަލާއަކަށް ނޯރާ ފަތެހީ
ކުރިން ފިލްމަށް ނަގާފައިވަނީ ޕަރްނީތީ
ޝޫޓިންތައް ވަރަށް އަވަހަށް ފަށާނެ
އެންމެ އަވަހަށް ފެނިގެންދާނީ ސްޓްރީޑް ޑާންސް 3ޑީ އިން

މި އަހަރުގެ ނެރެން ހަމަޖެހިފައިވާ އަޖޭ ދޭވްގަން އެކްޝަން ފިލްމު ''ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ'' ގެ ބަތަލާގެ ރޯލަށް ނޯރާ ފަތެހީ ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެ ފިލްމުގެ އަންހެން ބަތަލާގެ ރޯލު ކުޅެން ކުރިން ހަމަޖެހިފައިވާ ޕަރްނީތީ ޗޯޕްރާ، ފިލްމު ދޫކޮށްލާފައިވާކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ބުނެފައެވެ.

އެ ފިލްމުގައި ޕަރްނީތީ ކުޅެން ހަމަޖެހިފައި އޮތީ ޖާސޫސްކުރާ މީހެއްގެ ރޯލެވެ. އެކަމަކު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވަލްގެ ބައޮޕިކާއި، ދަ ގާލް އޮންދަ ޓްރެއިން އަށް އިސްކަންދޭންވެގެން ޕަރްނީތީ ވަނީ ''ބުޖް" ދަ ޕްރައިންޑް އޮފް އިންޑިއާ'' ދޫކޮށްލާފައެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ފިލްމު ހަދާ ފަރާތުން ވަނީ ޕަރްނީތީގެ ބަދަލުގައި ބަތަލާއެއް ހޯދާފައެވެ. އެއީ ސާކީ ސާކީން އާއްމުންގެ މަގުބޫލްކަން ހޯދާފައިވާ ނޯރާ ފަތެހީ އެވެ.

ފިލްމާއި ގާތް ފަރާތަކާއި ހަވާލާދީ ނޫހަކުން ރިޕޯޓްކޮށްފައިވާ ގޮތުން ނޯރާ ދަނީ އޭނާގެ ރޯލަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ. ނޯރާގެ ޝޫޓިންތައް ފަށަން ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

ބޮލީވުޑްގެ ހިޓްލަވަތަކުން ފެންނަން ފެށި ނޯރާ ވަނީ މިދިޔަ އަހަރު ނެރުނު ސަލްމާން ޙާންގެ ބާރަތް ފިލްމުގައި ހަރަކާތްތެރިވެފައެވެ. ޖޯންގެ ބަޓްލާ ހައުސް ފިލްމުގައި ސާކީ ސާކީ ލަވައިގެ އިތުރުން އޭނާ ވަނީ އެ ފިލްމުގެ ރޯލެއްވެސް ކުޅެފައެވެ. އެންމެ އަވަހަށް ނޯރާ ފެނިގެންދާނީ ސްޓްރީޓް ޑާންސް 3D އިންނެވެ.

- ކޮމެންޓް