Advertisement
ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 13:03
ގަހެއްގައި ހުވަނި އަޅާފައި
ގަހެއްގައި ހުވަނި އަޅާފައި
ރާއްޖެއެމްވީ
ގއ. ވިލިނގިލި
ވިލިނގިލީގައި ހުވަނި ގިނަވެ އާންމުންނަށް އުދަނގޫތަކާ ކުރިމަތިލާން ޖެހިއްޖެ
ހުވަނި އާލާވާތާ މިހާރު 06 މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައި
ހުވަނި ކޮންޓްރޯލް ނުކުރެވޭ
ސިއްހީ ގޮތުން ގިނަ މައްސަލަތައް އާންމުންނަށް ކުރިމަތިވޭ

ގއ. ވިލިނގިލީގަ ހުވަނި ގިނަވެ ޢާންމު ރައްޔިތުންނަށް އުދަނގޫތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލް މެންބަރު ހަބީބް ޙަސަން ވިދާޅުވީ އެރަށުގައި ހުވަނި އާލާވާތާ މިހާރު 06 މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، މިހާރު އޭނގެ އުދަނގޫ މާބޮޑަށް ފޯރާފައިވާ ކަމަށެވެ.

Advertisement

ހަބީބް ވިދާޅުވީ ހުވަނި ނުވަތަ ހުވަނި ވާ ޖެހުމުން ގައި ހިރުވައި، ފިއްގަނޑު ނަގާ ދުޅަވާ ކަމަށާއި، ގިނައިން ފަރުވާ ހޯދަން ޖެހިފައިވަނީ ކުޑަ ކުދިންނަށް ކަމަށެވެ. އަދި ބައެއް މީހުން ގައިގެ ތަންތަން ނޫފާގަނެ، ހުން އަންނަ ކަމަށާއި، މިހާތަނަށް 24 އަށްވުރެ ގިނަ މީހުން މިކަމަށް ޞިއްޙީ ފަރުވާ ހޯދާފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް 4 ނުވަތަ 3 މީހުން ހުވަނީގެ އުދަނގޫ ޖެހިގެން ޑޮކްޓަރަށް ދައްކާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ހުވަނި މަދުކުރުމަށް ރަށުގެ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް ހުވަނި ކޮންޓްރޯލް ކުރާނެ ގޮތެއް މިހާރު ނޭނގޭ ކަމަށެވެ. ކައުންސިލްގެ އިތުރުން، ޞިއްޙީ މަރުކަޒާއި، ޕަބްލިކް ހެލްތު ޔުނިޓާއި، އަތޮޅު ކައުންސިލުން ގުޅިގެން ހުވަނި ނައްތާލުމަށް މަސައްކަތްކުރަމުން އަންނަކަން ހަބީބް ފާހަގަކުރެއްވިއެވެ.

އޯމޯ ފެންޖެހީ މިހާދުވަސްވަން ދެން. އެކަމަކު ނުވޭ ކޮންޓްރޯލެއް. މިހާރު ޕްލޭން ކުރެވިފަ އޮތީ އޯމޯފެނާ ޑީސެލް ތެޔޮ އެއްކޮށް ޖަހާގެން ކޮންޓްރޯލް ކުރަން. ގިނަ މީހުން ބުނޭ އެގޮތަށް އެކަން ކުރީމަ ކޮންޓްރޯލް ވާނެ ކަމަށް. ހުވަނީގެ އުދަނގޫވެގެން މިހާރު ވާނީ ކައުންސިލްގެ ފަރާތުން ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނެސްފަ.
ކައުންސިލް މެމްބަރު ހަބީބް

ހަބީބް ވިދާޅުވީ މިހާރު ހުވަނި ފެތުރުން އިތުރުވެ، ގެތަކަށް ވަންނަ ކަމަށާއި، މީހުން ދިރިއުޅޭ ގެތަކުގެ ފާރުތަކުގައި ވެސް ހުވަނީ އަޅާ ކަމަށެވެ. އަދި ހުވަނި ނެތް ގަހެއް މިހާރު ރަށުގަ ނެތް ކަމަށާއި، މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން، ގިނަ ޢަދަދެއްގެ ގަސްތައް މަރާ ގަސްތައް ކަނޑަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުވަނި އަޅާގެން ގަހެއް ކަނޑާލާފައި

ވިލިނގިލީގައި 3700 މީހުންގެ އާބާދީއެއް ދިރިއުޅެމުން ގެންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް