Advertisement
ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 13:03
އެމްޑީޕީގެ އެސްޖީ އަނަސް- މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް ވަނީ އިއުލާން ކުރައްވާފައި
އެމްޑީޕީގެ އެސްޖީ އަނަސް- މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް ވަނީ އިއުލާން ކުރައްވާފައި
ޓްވިޓަރ
އެމްޑީޕީ
އެމްޑީޕީގެ އެސްޖީ އަނަސް މާލެ ސިޓީގެ މޭޔަރުކަމަށް
މާލޭގައި ހުރި ގޮންޖެހުންތައް ހައްލުކޮށް މާލޭ ރައްޔިތުންނާއި ރަށްވެހިންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމެވީކަމަށް އަނަސް ވިދާޅު
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު

އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު މާލެ ސިޓީގެ މޭޔަރ ކަމުގެ މަޤާމަށް ކުރިމަތިލައްވާނެ ކަން އިޢުލާންކުރައްވައިފި އެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާނެ ކަން އަނަސް އިޢުލާންކުރެއްވީ ޓްވިޓަރގެ ޒަރީޢާއިންނެވެ.

Advertisement

އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭގައި ހުރި ގޮންޖެހުންތައް ޙައްލުކޮށް މާލޭ ރައްޔިތުންނާއި ރަށްވެހިންނަށް ހިންދެމިލާ އުޅެވޭނެ އަމާން ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް މާލެ ސިޓީ ހެދުމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ނިމިގެން ދިޔަ މަޖިލިސް އިންތިޚާބުގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވެސް އަނަސް ވަނީ ވާދަކުރައްވައިފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.

އެމްޑީޕީ ޓިކެޓުގަ މާލެ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމުގެ ޝައުޤުވެރިކަން މިހާތަނަށް އާއިރު ފާޅުކުރައްވާފައިވަނީ މާލެ ސިޓީގެ މިހާރުގެ މޭޔަރ ޝިފާ މުޙައްމަދާއި މާލެ ސިޓީގެ މިހާރުގެ ޑެޕިޔުޓީ މޭޔަރ ޝަމާޢު ޝަރީފާއި، ކައުންސިލަރު އަޙްމަދު ނިޔާޒެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް