Advertisement
ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 13:37
ހއ.އިހަވަންދޫ
ހއ.އިހަވަންދޫ
ފޭސްބުކް
ހއ.އިހަވަންދޫ
އަންނަ މަހުގެ ކުރީކޮޅު ގޯތިތައް ހަވާލުކުރެވޭނެ: އިހަވަންދޫ ކައުންސިލް
ދައިމީ ލިސްޓު އާންމުކުރީ ހުށަހެޅި ޝަކުވާތައް ހައްލުކުރުމަށްފަހު
މިފަހަރު ދޫކުރަނީ 1600 އަކަފުޓޫގެ 200 ގޯތި
ގާތްގަނޑަކަށް 3400 އާބާދީއެއް ދިރިއުޅެމުން ގެންދޭ

ހއ. އިހަވަންދޫއިން ގޯތި ލިބުނު ފަރާތްތަކަށް އަންނަމަހު ކުރީކޮޅު ގޯތި ޙަވާލުކުރެވޭނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ރަށުގެ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވާފަރާތްތަކައް، އެއޮންނަ އުޞޫލުން ޕޮއިންޓު ދިނުމަށްފަހު، އެފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލިކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި، ލިބުނު ޝަކުވާގެ އަލީގައި ގެނެވުނު ބަދަލުތަކާއެކު ދާއިމީ ލިސްޓު މިމަހުގެ އެއްވަނަ ދުވަހު ޢާންމުކޮށްފައިވާ ކަމަށެވެ. އަދި ދާއިމީ ލިސްޓު ޢާންމުކުރީ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅި ގާތްގަނޑަކަށް 12 ވަރަކަށް މައްސަލަ ޙައްލުކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ގޯތި ދޫކުރުމަށް ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ދެމަފިރިންގެ ތެރެއިން ގޯތި ދޫކުރާނީ ކޮންފަރާތަކަށް ކަން އިޚުތިޔާރުކުރުމުގެ ގޮތުން، ގޯތި ލިބުނު މީހުންގެ ނަމުގައި، އެހެން ރަށެއްގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އޮތްތޯ ބެލުން ފަދަ މަސައްކަތްތައް ކުރާ ކަމަށެވެ. އަދި ފެބްރުއަރީ މަހުގެ ކުރީކޮޅު ގޯތީގެ ޙައްޤުވެރިންނަށް ލިޔުން ޙަވާލުކުރެވޭ ވަރުވާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

13 އަހަރު ފަހުން ގޯތި ދޫކުރެވުން އެއީ ލިބޭ ބަރަށް ބޮޑު އުފަލެއްކަން ފާހަގަކުރައްވައި ރަޝީދު ވިދާޅުވީ 1600 އަކަފުޓޫގެ 200 ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. މިފަހަރު ގޯއްޗަށް އެދި 457 މީހުން ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ރަޝީދު ވިދާޅުވީ ގޯތި ދޫނުކުރެވި، ގިނަ ދުވަސްތަކެއް ފާއިތުވެގެންދިޔައީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިމަތިކުރުވި ސިޔާސީ އެކިއެކި ސަބަބުތަކާއި، ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދުމަށް ކުރިން މަސައްކަތް ކުރުމާ ގުޅިގެން ކަމަށެވެ.

އިހަވަންދޫގެ ހައުސިންގް ޔުނިޓްތަކަށް އަލިއަޅުއްވާލައްވާ ރަޝީދު ވިދާޅުވީ 1400 އަކަފޫޓުގެ 275 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށާއި، މި ހައުސިން ޔުނިޓްތަކާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެ ކަމަށެވެ. އަދި ހައުސިން ޔުނިޓުތައް ޢިމާރާތްކުރާނެ ތިންލައްކަ އަކަފޫޓުގެ ބިމެއް ކަނޑައާޅާ އެލިޔުން ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

3400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އިހަވަންދުއަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވަރަށް ބޮޑަށް އިހުމާލުވެ، ކައުންސިލް ހިންގުމަށް ގިނަ ދަތިތައް ކުރުވި ކަމަށް އެރަށުގެ ކައުންސިލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް