Advertisement
ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 07:54
ރައީސް ސޯލިހު ބޭރަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމުގެ ތެރެއިން
ރައީސް ސޯލިހު ބޭރަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ލަންކާގަ ޗުއްޓީ ހޭދަކޮށްލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގެންފި
ލަންކާ އަށް ވަޑައިގެންނެވީ 31 ޑިސެމްބަރު ގައި
އާއިލާ ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ ލަންކާގައި
ލަންކާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި

އާއަަަހަރުގެ ޗުއްޓީ ހޭދަކޮށްލެއްވުމަށް ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މާލެ ވަޑައިގެންފި އެވެ.

ރައީސް ސްރީލަންކާ އަށް ވަޑައިގެންނެވީ ހުސްވި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

Advertisement

ރައީސްގެ ޢާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ ސްރީ ލަންކާގައެވެ. މި އަހަރުގެ ކުރީކޮޅުވެސް ރައީސް ވަނީ ލަންކާ އަށް ނުރަސްމީ ދަތުރުފުޅުތަކެއް ކުރައްވާފައެވެ.

ވެރިކަމާއި ޙަވާލުވެވަޑައިގަތް ފަހުން ސްރީލަންކާގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގަ ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހާގެ ދަޢުވަތަކަށް ރައީސް ޞާލިހު އެ ޤައުމަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި ރައީސް ޞާލިޙު ވަނީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް