Advertisement
ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 22:58
އައްޑޫގައި ވެއްޓުނު ބޯޓު
އައްޑޫގައި ވެއްޓުނު ބޯޓު
ޓްވިޓަރ
އައްޑޫ ފްލައިންގް ސްކޫލް
އައްޑޫ ފްލައިން ސްކޫލްގެ ފްލައިޓް ވެއްޓުނު ހާދިސާ ތަހުގީގުކުރަން ފަށައިފި
ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:32 ގައި
ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަދި އިތުރު އެއްވެސް މީހަކަށްވެސް ގެއްލުމެއް ނުލިބޭ
އެކްސިޑެންޓެއް ހިނގައިފިވަނީ ލޭންޑިންގ ގިއަރ އަށްދިމާވި މައްސަލައަކާއި ގުޅިގެން

އައްޑޫ ފްލައިން ސްކޫލްގެ ފްލައިޓް ވެއްޓުނު ހާދިސާ ތަހުގީގުކުރަން ފަށައިފައިވާކަމަށް މޯލްޑިވިސް ސިވިލް އޭވިއޭޝަން އެތޯރިޓީން ބުނެފިއެވެ.

ވައިގެ ދަތުރުފަތުރުގެ ޙާދިޘާއެއް ހިނގިކަން އަންގާ ސިވިލް އޭވިއޭޝަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު ރާއްޖެގަޑިން 5:32 ހާއިރުކަމަށާއި މި ޙާދިޘާގައި ބޯޓަށް ގެއްލުން ލިބިފައިވީނަމަވެސް، ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަދި އިތުރު އެއްވެސް މީހަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށެވެ.

Advertisement

ފްލައިޓްގައި ދަތުރުކުރީ އިންސްޓްރަކްޓަރ ޕައިލެޓަކާއި ސްޓޫޑަންޓް ޕައިލެޓެއްކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ޙާދިޘާ މިހާރު އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން ތަޙުގީގު ކުރަމުންދާކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، ހޮނިހިރު ދުވަހު ދަތުރު ކުރި އޭޝިއަން އެކަޑަމީ އޮފް އެރޯނޮޓިކްސްގެ ޓްރެއިނިންގް ފްލައިޓެއްގެ އެކްސިޑެންޓެއް ހިނގައިފިވަނީ ލޭންޑިންގ ގިއަރ އަށްދިމާވި މައްސަލައަކާއި ގުޅިގެން އެ ފްލައިޓް ޖެއްސުމުގެ ތެރޭގައިކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް