Advertisement
ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 18:04
އެމްޑަބްލިއުއެސްސީގެ ފަރާތުން ކޮމްޕިއުޓަރ ސިސްޓަމްތައް ހަވާލުކުރަނީ
އެމްޑަބްލިއުއެސްސީގެ ފަރާތުން ކޮމްޕިއުޓަރ ސިސްޓަމްތައް ހަވާލުކުރަނީ
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން
އެޑިއުކޭޝަން މިނިސްޓްރީއަށް އެމްޑަބްލިއުއެސްސީން 10 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށްފި
ހަދިޔާކޮށްފައިވަނީ 10 ކޮމްޕިއުޓަރ ސިސްޓަމް
ހަދިޔާ ކުރި ސިސްޓަމްތައް މިއަހަރު ރާއްޖޭގެ އެކި ސްކޫލްތަކަށް ހަދިޔާ ކުރާނެ
މިއީ އެމްޑަބްލިއުއެސްސީގެ ސީއެސްއާރު ޕްރޮޖެކްޓްގެ ދަށުން ހަދިޔާކުރި ކޮމްޕިއުޓަރތަކެއް

އެޑިއުކޭޝަން މިނިސްޓްރީއަށް އެމްޑަބްލިއުއެސްސީން 10 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށްފިއެވެ.

Advertisement

އެޑިއުކޭޝަން މިނިސްޓްރީގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ކޮމްޕިއުޓަރތަކާއި ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒުއެވެ. އެމްޑަބްލިއުއެސްސީގެ ސީއެސްއާރު ޕްރޮޖެކްޓްގެ ދަށުން ހަދިޔާކުރި ކޮމްޕިއުޓަރތަކަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގެ ސްކޫލްތަކުގައި ހަމަހަމަ ވަސީލަތްތައް ގާއިމްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަދިޔާ ކުރި ސިސްޓަމްތަކެއްކަމަށެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، އެމްޑަބްލިއުއެސްސީން 10 ކޮމްޕިިއުޓަރ މިނިސްޓްރީއަށް ހަދިޔާކޮށްފައިވާކަމަށާއި އެކަމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާއި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރާކަމަށެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިމަހުގެ 12 ވަނަ ދުވަހު ފެށޭއިރު، މިނިސްޓްރީން ބުނެފައިވަނީ ހަދިޔާ ކުރި ސިސްޓަމްތައް މިއަހަރު ރާއްޖޭގެ އެކި ސްކޫލްތަކަށް ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް