Advertisement
ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 16:35
ވެއްޓުނު ބޯޓް ހިމެނޭ ސަރަހައްދު
ވެއްޓުނު ބޯޓް ހިމެނޭ ސަރަހައްދު
ޕީއެސްއެމް
އައްޑޫ
އައްޑޫ ފްލައިން ސްކޫލްގެ ބޯޓެއް ވެއްޓިއްޖެ
ފްލައިޓް ވެއްޓިފަިއވަނީ ލޭންޑިންގް ގިއަރ ހަލާކުވެގެން

އައްޑޫ ފްލައިން ސްކޫލްގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެ އެވެ.

އައްޑޫ ފްލައިން ސްކޫލްގެ ކެޕްޓަން އާއި ހަވާލާދީ ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އައްޑޫސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވީ ފްލައިޓް ވެއްޓިފައިވަނީ ޖައްސަން އުޅުމުގެ ތެރޭގައިކަމަށާއި މައުލުމާތު ލިބިފައިވާ ގޮތުގައި އެހެންވެފައިވަނީ ޖައްސަން އުޅުމުގެ ތެރޭގައި ފްލައިޓުގެ "ނޯސް" މާބޮޑަށް ތިރިކުރުމުންކަމަށެވެ. އިތުރަށް މޭޔަރ ވިދާޅުވީ މިހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭކަމަށާއި އެފަދަ ހާލަތެއް ދިމާވުމުން ކޮންމެ މީހަކުވެސް ހޮސްޕިޓަލަށް ގެންދާނެކަމަށެވެ.

Advertisement

މައުލުމާތު ލިބިފައިވާ ގޮތުގައި ވެއްޓިފައި ވަނީ އައްޑޫ ފްލައިން ސްކޫލް ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެއިރޮނޮޓިކްސް (އޭއޭއޭ) ގެ ސެސްނާ 176 އާރްޖީ މަރުކާގެ ޓްރެއިނިންގް ފްލައިޓެކެވެ. ފްލައިޓު ވެއްޓުނު އިރު އެ ފްލައިޓު ދުއްވަން އިނީ ކޮމާޝަލް ޕައިލޮޓް ލައިސަންސް ފުރިހަމަ ކުރަމުން ދިޔަ ދަރިވަރެއްކަމަށްވެސް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 ޖެނުއަރީ 2020 | ހޮނިހިރު 20:04
ކްރޭޝް ލޭންޑެ
ކްރޭޝް ލޭންޑެ