Advertisement
ކ. މާލެ
|
4 ޖެނުއަރީ 2020 | ހޮނިހިރު 13:05
ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުއްޓަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ
ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުއްޓަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ
ފޭސްބުކް
އެމްއެންޑީއެފް
ގެއްލުނު މީހާ ހޯދުމަށް ދަނީ ޑައިވިންގް ރޮބޮޓް ބޭނުން ކުރަމުން: އެމްއެންޑީއެފް
އޮޕަރޭޝަން ދަނީ ހުއްޓުމެއްނެތި ކުރިއަށް
ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުއްޓަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ

ބުރާސްފަތި ދުވަހުގެ ރޭ ބ. ދޮންފަނު ކައިރިން ޑިންގީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓުގައި ޑިންގީން ގެއްލުނު މީހާ އަދި މިހާތަނަށް ނުފެންނަ ކަމަށާއި އޭނާ ހޯދުމަށް ޑައިވިންގް ރޮބޮޓު ބޭނުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެމީހާ ވެސް އަދި ޑިންގީވެސް މިހާތަނަށް ފެނިފައި ނުވާކަމަށެވެ. އަދި އެމީހާ ހޯދުމަށް ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް ބުނެފައިވެއެވެ.

Advertisement

އެމްއެންޑީއެފް އިން ބުނީ ކޯސްޓް ގާޑުގެ ޑައިވަރުން ހޯމަ ދުވަހު ވެސް ޑައިވް ކުރަމުންދާ ކަމަށެވެ. އަދި ޑައިވިންގް ރޮބޮޓު ބޭނުން ކުރަމުންދާއިރު ކޯސްޓްގާޑު ލޯންޗުން ދަނީ ކަނޑު އޭރިއާގެ ސަރފޭސް ބަލަމުން ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ ބ. އޭދަފުއްޓަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ އެވެ. އެމީހާ ގެއްލުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެރޭ 19:06 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް