Advertisement
ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 17:51
ފުލުހުން ހިންގި އޮޕަރޭޝަންއެއްގެ ތެރެއިން
ފުލުހުން ހިންގި އޮޕަރޭޝަންއެއްގެ ތެރެއިން
ރާއްޖެއެމްވީ
ފުލުހުން
ތޫނު އެއްޗަކުން ހަމަލާދީ 29 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލައިފި
ހަމަލާ ދީފައިވަނީ އެ މީހާގެ އަރިކަށްޓަށް
އެޒުވާނާއަށް އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން
ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން

މާފަންނުުގައި ބަޔަކު ހަމަނުޖެހުމެއް ހިންގައި، ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ، މާލެ މާފަންނު ހިލާލީ މަގުގައި ބަޔަކު ހަމަނުޖެހުމެއް ހިންގާކަމަށް ފުލުހުންގެ ސީސީޓީވީ ކެމެރާއަކުން ފާހަގަކުރެވިގެން އެ ސަރަހައްދަށް ގޮސް ބެލިއިރު ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށެވެ. ފުލުހުންނަށް މިކަން ފާހަގަކުރެވިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:42 ގައެވެ.

ފުލުހުން ބުނީ ހަމަލާދީ، ޒަހަމްކޮށްލާފައިވަނީ 29 އަހަރުގެ ޒުވާނެއްކަމަށެވެ.

Advertisement

އެ ޒުވާނެއްގެ އަރިއްކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަމަށާއި ހާދިސާގައި އަނިޔާލިބުނު ޒުވާނާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް