Advertisement
ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 12:22
އިރާގު ރައްޔިތުން އުފާ ފާޅު ކުރާ މަންޒަރު ދައްކުވައިދޭ ތަސްވީރެއް
އިރާގު ރައްޔިތުން އުފާ ފާޅު ކުރާ މަންޒަރު ދައްކުވައިދޭ ތަސްވީރެއް
ޓްވިޓަރ
އިރާން
އިރާނުގެ އިސް ކޮމާންޑަރު އަވަހާރަކޮށްލުމާއި ގުޅިގެން އިރާގުގެ ރައްޔިތުން އުފާފާޅުކުރަނީ
ސުލައިމާނީ އަވާހާރަކޮށްލައިފައިވަނީ އިރާގުގެ ބަޣުދާދުގެ މައި އެއާޕޯޓުގައި ކުރި އެމެރިކާއިން ކުރި ރެއިޑެއްގެ ތެރެއިން
ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމުރުގެ ދަށުން

އީރާންގެ އެންމެ ވަރުގަދަ ލަޝްކަރު އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕް (އައިއާރުޖީސީ)ގެ ގުދުސް ފޯސްގެ ވެރިޔާ އަދި އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިޔާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާއި ގުޅިގެން އެގައުމުގެ ރައްޔިތުން އުފާފާޅުކުރަން ފަށައިފިއެވެ.

Advertisement

ސުލައިމާނީގެ މަރާއި ގުޅިގެން އެ ގައުމުގެ ރައްޔިތުން އުފާ ފާޅު ކުރަމުންދާ ކަމަށް ބެލެވޭ ވީޑިއޯއެއް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވަނީ އޭނާގެ ޓްވިޓަރ ޕޭޖުގައި އާއްމުކޮށްފައެެވެ.

ޕޮމްޕިއޯގެ ޓުވީޓުގައި ވަނީ އިރާގުގެ ރައްޔިތުން މަގުތަކުގައި އުފާފާޅުކޮށް، ނަށަމުން ދަނީ މިނިވަން ކަމަށްޓަކައި ކަމަށާއި ޖެނެރަލް ސުލައިމާނީގެ މަރަކީ އުފާވާ ކަމެއް ކަމަށެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން ސުލައިމާނީ އަވާހާރަކޮށްލައިފައިވަނީ އިރާގުގެ ބަޣުދާދުގެ މައި އެއާޕޯޓުގައި ކުރި އެމެރިކާއިން ކުރި ރެއިޑެއްގެ ތެރެއިންނެވެ. ވައިޓްހައުސްއާއި ޕެންޓަގަން އާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ ސުލައިމާނީ އަވަހާރަކޮށްލާފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމުރުގެ ދަށުން، އިރާނުން އެމެރިކާއަށް ދީފާނެ ހަމަލާތަކުން ރައްކާތެރިވުމުގެ ބޭނުމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
3 ޖެނުއަރީ 2020 | ހުކުރު 23:31
ޢަހުމަދު
ޢެމެރިކަާއިން ވައިރަލް ކުރީ ފޭކް ވީޑެއޯއެއް