ކ. މާލެ
|
3 ޖެނުއަރީ 2020 | ހުކުރު 12:15
ދަތުރުކުރި ހަތަރު މީހުން ވަނީ މަރުވެފައި
ދަތުރުކުރި ހަތަރު މީހުން ވަނީ މަރުވެފައި
ފޭސްބުކް
ސްރިލަންކާ
ލަންކާ އަސްކަރިއްޔާގެ އެއަރކްރާފްޓެއް ވެއްޓި ހަތަރު މަރު
ހަތަރު މީހުން ވަނީ މަރުވަފައި
ހާދިސާ ތަހުގީގު ކުރަމުންދޭ

ސްރީލަންކާ އެއާޕޯސްގެ އެއަރކްރާފްޓެއް ވެއްޓި އެ އުޅަނދުން ދަތުރުކުރި ހަތަރު މީހުން މަރުވެއްޖެއެވެ.

ހުކުރު ދުވަހު ހެނދުނު ހަޕުތާލެ ސަރަހައްދަށް ވެއްޓުނު އެއާކްރަފްޓަކީ ވީރަވިއްލާ އެއާޕޯޓުން ފުރައިގެން ދަތުރުކުރި ބޯޓެކެވެ. ވެއްޓުނު އެއަރްކްރާފްޓަކީ ޗައިނާގެ އުފެއްދުމެކެވެ.

ލަންކާގެ ސިފައިންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުން ބޯޓުގައި ދަތުރުކުރި ހަތަރު މީހުންނަކީ ވެސް ސިފައިންގެ މީހުންނެވެ. އެ އެންމެންވެސް ވަނީ މަރުވެފައެވެ.

ހަދިސާ ހިނގި ސަރަހައްދުގައި ސިފައިންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް