Advertisement
ކ. މާލެ
|
2 ޖެނުއަރީ 2020 | ބުރާސްފަތި 19:43
މޯލްޑިވްސް ޕޮލިސް ސާރވިސް
މޯލްޑިވްސް ޕޮލިސް ސާރވިސް
ގޫގުލް
ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަން
އާ އަހަރާއި ދިމާކޮށް ފުލުހުން ހިންގި އޮޕަރެޝަންގައި 65 މީހަކު ވަނީ ހައްޔަރުކުރެވިފައި: ފުލުހުން
ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގައި ތިބީ 19 މީހެއް
ފުލުހުން ވަނީ މާލޭ ސިޓީގެ އިތުރުން އަތޮޅު ތެރޭގައި ވެސް މި އޮޕެރެޝަން ހިންގާފައި

އާއަހަރާއި ގުޅިގެން ފުލުހުން ހިންގި އޮރެޝަނުގަ ޖުމުލަ 65 މީހަކު ހައްޔަރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ހައްޔަރު ކޮށްފައިވަނީ އައްޑޫ ސިޓީން 15 މީހަކާއި ފުވައްމުލައް ސިޓީން 23 މީހަކާއި، މާލޭ ސިޓީން 19 މީހަކާއި، ށ. އަތޮޅުން 6 މީހަކާއި އަދި ރ. އަތޮޅުންނާއި ގދ. އަތޮޅުން އެންމެ މީހެއް ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ބަންދުގަ ތިބީ 19 މީހެއް ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އެއީ އައްޑޫ ސިޓީން 2 މީހެއް، ފުވައްމުލައް ސިޓީން 5 މީހެއް، މާލޭ ސިޓީން 7މީހެއް، ގދ. އަތޮޅުން އެކަކު އަދި ށ. އަތޮޅުން 4 މީހުންކަމަށެވެ.

Advertisement

އާ އަހަރާއި ދިމާކޮށް ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ ޑިސެންބަރު 31 އަދި ޖެނުއަރީ 1 ގައެވެ.

ފުލުހުން ވަނީ މާލޭ ސިޓީގެ އިތުރުން އަތޮޅު ތެރޭގައި ވެސް މި އޮޕެރެޝަން ހިންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް