ވެސްޓުޕާކުގެ މަސްބާނާ ޖެޓީގެ ބައެއް ވެއްޓުމާއެކު ފުލުހުން އެ ސަރަހައްދު ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ ބުދަ ދުވަހު ހަވީރު ރަސްފަންނު ވެސްޓް ޕާކް މަސް ބާނާ ޖެޓީގެ ބައެއް ބިންދައިގެން ގޮސް ވެއްޓުނު ގަޑީގައި ޖެޓީ މަތީގައި ތިބި ދެމީހަކު ވެއްޓި އަނިޔާވެފައިވާ ކަމަށެވެ. އަދި އެމީހުންގެ ހާލު ސީރިއެސް ނޫން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ފުލުހުން އެސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެތަނުގެ ހާލަތު މާލެ ސިޓީ ކައުންސިލާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
ވެސްޓު ޕާކުގެ މަސްބާނާ ޖެޓީން ބައެއް ވެއްޓި ދެ މީހަކަށް އަނިޔާވެފައިވާއިރު، އެތަން ބާވެ ވަރަށް ބޮޑަށް ހަލާކުވެފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.