Advertisement
ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 19:51
ފުނަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ތަކެތި
ފުނަދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ތަކެތި
ޕޮލިސް
ބަނގުރާ
ފުނަދޫ އިން ބަނގުރަލުގެ މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި
މި ތިން މީހުން ހައްޔަރު ކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ
މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ށ. ފުނަދޫގައި ބަނގުރާ ބޮއި މަސްތުވެގެން ތިބި ދެމީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ށ. ފޮނަދޫ ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި 31 ޑިސެންބަރު 2019 ވަނަ ދުވަހުގެ ރޭ 22:20 ހާއިރު ބަނގުރާ ބޯން ތިބި ކަމުގެ ތުހުމަތުގައި ބަނގުރަލާއެކު ފުނަދޫ އުތުރުކޮޅު ވަލުތެރެއިން މީހަކު ހައްޔަރުކޮށް އަދި އެޞަރަޙައްދު ބީޗުން ބަނގުރާ ބޮއި މަސްތުވެގެން ތިބި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement

މި އޮޕަރޭޝަނުގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 5 ލީޓަރުގެ 1 ފުޅި އާއި 500 އެމްއެލްގެ 3 ފުޅިއާއި ބަނގުރާ އެއްފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް