Advertisement
ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 15:52
ފަތުރުވެރިޔަކު މޫދުގައި (ފައިލް ފޮޓޯ)
ފަތުރުވެރިޔަކު މޫދުގައި (ފައިލް ފޮޓޯ)
ރާއްޖެ އެމްވީ
ފަތުރުވެރިން
ފަތުރުވެރިޔަކު އޮޔާދަނިކޮށް، ސަލާމަތްކޮށްފި
ވ. އަތޮޅުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގަމުންދޭ

ވ. ފެލިދޫގައި ފަތުރުވެރިޔަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ބުދަ ދުވަހުގެ 11:40 ހާއިރު ފެލިދޫގައި އިޓަލީ ފަތުރުވެރިއަކު ރޮމުން ޕޮލިސް ސްޓޭޝަނަށް އައިސް އޭނާގެ ފިރިމީހާ އޮޔާދާ ކަމަށް ބުނެ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ، އެރިޕޯޓު ލިބުމާއެކު ފެލިދޫ ޕޮލިސް އިން މޫދަށް އެރި އޮޔާދާ ފަތުރުވެރިއާ ސަލާމަތްކޮށް އެއްގަމާ ހަމައަށް ގެނެސްދީފައިވާ ކަމަށެވެ. އަދި އޭނާގެ ޙާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެއެވެ.

ވ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގަމުންދާއިރު، މިދުވަސް ވަރަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ދުވަސް ވަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް