ކ. މާލެ
|
1 ޖެނުއަރީ 2020 | ބުދަ 15:55
ޖެކުއަލިން ފެނާންޑޭޒް
ޖެކުއަލިން ފެނާންޑޭޒް
ގެޓީ އިމޭޖަސް
ޖެކޮލިން ފެނާންޑޭޒް
ޖެކޮލިން ބޭނުންވަނީ ހޮލީވުޑްގަ މަސައްކަތްކުރަން
އެކްޓިން ކްލާސްތަކެއް ނަގަމުންދޭ
ޖެކުއަލިން އަމާޒުހުރީ ހޮލީވުޑަށް: ރިޕޯޓް

މި ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ އަންހެން ފަންނާނުން ދަނީ ހޮލީވުޑް ފިލްމުތަކުން ފުރުސަތު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ އަކީ ފާހަގަކޮށްލެވޭ ތަރިއެކެވެ. 2015 އަހަރުގެ ކުއަންޓިކޯ އިން ހޮލީވުޑް ފިލްމު އިންޑަސްޓްރީ އަށް ނިކުތް ޕްރިޔަންކާ އަކީ މިހާރު އެ އިންޑަސްޓްރީގައި މަގުބޫލު ތަރިއެކެވެ.

ބޮލީވުޑްގެ އެހެން ތަރިންވެސް ހޮލީވުޑް ފިލްމަކުން ފުރުސަތު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ޖެކޮލިން ފެނާންޑޭޒްގެ ވެސް އަމާޒު ހުރީ ހޮލީވުޑާ ދިމާލަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޖެކޮލިން ވަނީ ހޮލީވުޑް ފިލްމަކުން ފުރުސަތު ހޯދުމަށް، ބޮލީވުޑްގެ އަށް ފިލްމެއް ''ރިޖެކްޓް'' ކޮށްފައެވެ. ''ރޭސް3'' އާއި ''ޖުޅްވާ 2'' އަށް ފަހު ފިލްމު ކެރިއަރާއި މެދު ވަރަށް ސީރިޔަސް ވިސްނުންތަކެއް ޖެކޮލިން ދަނީ ގެންގުޅެމުންނެވެ. އެގޮތުން ދާދި ފަހުން އޭނާ ލޮސްއެންޖަލިސްގައި އެކްޓިން ކްލާސްތަކެއް ނަގަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އަދި މިހާތަނަށް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް އޭނާ ބުނެފައެއް ނުވެއެވެ.

2009 ވަނަ އަހަރު ނެރުނު ހިންދީ ފިލްމު ''އަލާއްދީން'' އިންނެވެ. ގިނަ ފިލްމުތަކެއް ކުޅެފައިވާ ޖެކޮލިން އެންމެ ފަހުން ފެނިގެން ދިޔައީ ނެޓްފްލިކްސްގެ ''ޑްރައިވް'' އިންނެވެ.

- ކޮމެންޓް