ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 09:53
ވަޅި ޖަހަން އުޅުނު ވަގުތު ޝޯގެ ތެރެއިން  ނަގާފައިވާ ސްކްރީންޝޮޓެއް
ވަޅި ޖަހަން އުޅުނު ވަގުތު ޝޯގެ ތެރެއިން ނަގާފައިވާ ސްކްރީންޝޮޓެއް
ޓްވިޓަރ
ރިޔާދް
ރިޔާދުގައި އޮތް މިއުޒިކް ޝޯއެއްގެ ތެރެއިން ވަޅިޖެހި މީހާ މަރަން ހުކުމް ކޮށްފި
މި ހާދިސާ ހިނގީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު
މަރަން ހުކުމް ކޮށްފައިވަނީ ޔަމަނަށް ނިސްބަތްވާ 33 އަހަރުގެ މީހެއް
އެހީވެދިން މީހާ 12 އަހަރާއި 6 މަހަށް ޖަލަށްލުމަށް ހުކުމްކުރި

ސައުދީ އަރިބިއާގެ ވެރިރަށް ރިޔާދުގައި ކުރިއަށް ދިޔަ ލައިވް މިއުޒިކް ޝޯއެއްގައި ޕަރފޯމް ކުރަން ތިބި ތިން މީހެއްގެ ގަޔަށް ވަޅިޖެހި މީހަކު މެރުމަށް ސައުދީ ކޯޓުން ހުކުމްކޮށްފިއެވެ.

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހިނގި މި ހާދިސާގައި 3 މީހަކަށް ވަޅިން ހަމަލާދީ ޒަޙަމް ކޮށްލާފައިވާއިރު، އެކަމުގެ ކުށް ސާބިތުވެ މަރަން ހުކުމް ކޮށްފައިވަނީ ޔަމަނަށް ނިސްބަތްވާ 33 އަހަރުގެ މީހެއްގެ މައްޗަށް ކަމަށް ސައުދީގެ ނޫސްތަކުން ރިޕޯރޓްކޮށްފައެވެ.

އޭގެ އިތުރުން، އޭނާއަށް އެހީވެދިން މީހާ 12 އަހަރާއި 6 މަހަށް ޖަލަށްލުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ ރިޔާދުގައި ހުންނަ ކިންގް އަބްދުﷲ ޕާކް ތެރޭގައެވެ. އެގޮތުން ރިޔާދުގައި އޮތް މި މިއުޒިކް ފެސްޓިވަލަކީ، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އިސްނެންގެވުމެއްގެ ތެރެއިން އެ ގައުމުގެ އިގްތިސާދު ޑައިވަރސިފައިކޮށް، ތެލަށް ބަރޯސާވެފައި އޮތް އޮތުން ކުޑަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

އޭގެ އިތުރުން، މި އަހަރަކީ ސައުދީ އަރަބިއްޔާއަށް މުނިފޫހިފިލުވުމުގެ އަހަރަކަށް ވާނެ ކަމަށް އެ ގައުމުގެ ޖެނެރަލް އެންޓަޓެއިންމެންޓް އޮތޯރިޖީ (ޖީއީއޭ) އިން ބުނެފައިވާއިރު، މި ހަމަލާއަކީ މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ފުޅާދާއިރާއެއްގައި ކުރިއަށްގެންދަން ފެށި ފަހުން ދިން ފުރަތަމަ ހަމަލާކަމަށް ނޫސްތަކުން ރިޕޯރޓްކޮށްފައިވެއެވެ.

އެގޮތުން މި ހަމަލާ ގުޅެނީ އަލްޤައިދާ ޖަމާއަތާއި ކަމަށް އެ ޤައުމުގެ ރަސްމީ މީޑިއާއިން ރިޕޯރޓް ކޮށްފައިވެއެވެ.

- ކޮމެންޓް