ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 23:51
ޑޮނަލްޑް ޓްރަމްޕާއި ޕުޓިން ބައްދަލު ކުރައްވަނީ
ޑޮނަލްޑް ޓްރަމްޕާއި ޕުޓިން ބައްދަލު ކުރައްވަނީ
ވައިޓް ހައުސް
އެމެރިކާ- ރަޝިއާ
ނިރުބަވެރި ހަމަލާއެއްގެ މައުލޫމާތު ދެއްވުމުން ޕުޓިންގެ ޝުކުރު ޓްރަމްޕަށް!
އާދިއްތަ ދުވަހު ޕުޓިން ވަނީ ޓްރަމްޕަށް ފޯނުން ގުޅުއްވާފައި
އެ މައުލޫމާތު ލިބުމާއި ގުޅިގެން ރަޝިއާއިން ވަނީ ދެ މީހަކު ހައްޔަރުކޮށްފައި

ނިރުބަވެރި ޙަމަލާއެއްގެ މަޢުލޫމާތު ދެއްވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން ޝުކުރު އަދާކުރައްވައިފިއެވެ.

ޖާސޫސީ މަޢުލޫމާތުގެ އެހީގައި ޓެރަރިސްޓް ޙަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު ހިއްސާކުރެއްވުމާއި ގުޅިގެން އާދިއްތަ ދުވަހު ޕުޓިން ވަނީ ޓްރަމްޕަށް ފޯނުން ގުޅުއްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން އެ ޙަމަލާއަކީ އައު އަހަރާއި ދިމާކޮށް ރަޝިއާގެ ސިޓީއެއްކަމަށްވާ ސެއިންޓް ޕީޓަރސްބާރގ އަށް ދޭން އުޅުނު ޙަމަލާއެއްކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ރަޝިއާގެ މީޑިއާތަކާއި ޙަވާލާދީ ބީބީސީގައި ރިޕޯރޓު ކޮށްފައިވެއެވެ.

ރަޝިއާގެ ޖާސޫސީ އިދާރާގެ ތަރުޖަމާނާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯރޓުކުރާގޮތުގައި، އެ މަޢުލޫމާތުތައް ލިބުމާ ގުޅިގެން ރަޝިއާއިން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުޞީލު ހާމަކޮށްފައެއް ނުވެއެވެ.

ޕުޓިންއާއި ޓްރަމްޕް ވަނީ މީގެ ކުރިންވެސް ފޯނުން ބައްދަލު ކުރައްވައި އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެގޮތުން މަޝްވަރާކުރައްވާފައިވާ ބައެއް ކަންކަމުގެ ތެރޭގައި ނިއުކްލިއަރ އެއްބަސްވުންތަކާއި، ސީރިއާއާއި، އުތުރު ކޮރެއާގެ އިތުރުން ވިޔަފާރިއާއި ގުޅުންހުރި ކަންކަން ހިމެނެއެވެ.

2017 ވަނަ އަހަރުގެ ޑިސެންބަރު މަހުވެސް ޕުޓިން ވަނީ ނިރުބަވެރި ޙަމަލާއެއްގެ މަޢުލޫމާތު ހިއްސާކުރެއްވުމާއި ގުޅިގެން ޓްރަމްޕަށް ޝުކުރުއަދާ ކުރައްވާފައެވެ.

- ކޮމެންޓް
30 ޑިސެންބަރ 2019 | ހޯމަ 13:45
މުޖޫ
ނިރުބަވެރި ޙަމަލާއެއްގެ މަޢުލޫމާތު ދެއްވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ރަޝިޔާގެ ރައީސް ވްލެޑްމިއަރ ޕުޓިން ޝުކުރު އަދާކުރައްވައިފިއެވެ. ޖާސޫސީ މަޢުލޫމާތުގެ އެހީގައި ޓެރަރިސްޓް ޙަމަލާއެއް ދޭން އުޅޭކަމުގެ މަޢުލޫމާތު ހިއްސާކުރެއްވުމާއި ގުޅިގެން އާދިއްތަ ދުވަހު ޕުޓިން ވަނީ ޓްރަމްޕަށް ފޯނުން ގުޅުއްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން އެ ޙަމަލާއަކީ އައު އަހަރާއި ދިމާކޮށް ރަޝިއާގެ ސިޓީއެއްކަމަށްވާ ސެއިންޓް ޕީޓަރސްބާރގ އަށް ދޭން އުޅުނު ޙަމަލާއެއްކަމަށް މަޢުލޫމާތު ލިބިފައިވާކަމަށް ރަޝިއާގެ މީޑިއާތަކާއި ޙަވާލާދީ ބީބީސީގައި ރިޕޯރޓު ކޮށްފައިވެއެވެ. އިސްފަސް ވެފަ އިން ކަމަށް ފެނޭ ޕުޓިން ޓްރަމްޕްއަށް ޝުކުރު، ޓްރަމްޕް ޕުޓިންއަށް ޝުކުރު