ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 22:36
ޓުއަރިޒަމުން ބޭއްވި ހަރަކާތެއްގައި ދިވެހި ބޭންޑެއް ޕަރފޯމް ކުރަނީ
ޓުއަރިޒަމުން ބޭއްވި ހަރަކާތެއްގައި ދިވެހި ބޭންޑެއް ޕަރފޯމް ކުރަނީ
ޓުއަރިސްމް މިނިސްޓްރީ
އާ އަހަރުގެ ޝޯ
ދިވެހި ފަންނާނުންނާއެކީ އާ އަހަރުގެ ޝޯވ ކާނިވަލުގައި ބާއްވަނީ
ޝޯ ކުރިއަށްދާނީ ލޭޒާ އަދި ލައިޓާއެކުގައި

2020 ވަނަ އަހަރަށް މަރުޙަބާ ކިޔުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ އަލިމަސް ކާނިވަލުގައި މިއުޒިކު ޝޯވއެއް ބާއްވަން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ޝޯވ އޮންނާނީ އަންގާރަ ދުވަހުގެރޭ 8:30 ގައި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޝޯވ ކުރިއަށްދާނީ ލޭޒަރ އަދި ލައިޓާއެކުގައި ކަމަށެވެ. އަދި މި ޝޯވގަ މަޝްހޫރު ދިވެހި ފަންނާނުން ފެނިގެންދާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އެގޮތުން ޝަލަބީ، ޒާރާ، ޝިއުޒް އަދި ނާބަ ބޭންޑް ބައިވެރިވާނެ ކަމަށެވެ.

އާ އަހަރުގެ ޝޯވއެއް ބާއްވާނެކަން ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވަނީ އާ އަހަރު ފާހަގަކުރަން ޝޯވ އެއް ނުބާއްވާނެކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

- ކޮމެންޓް