ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 17:56
ސޯމާލިއާގައި ދިން ކާރުބޮމުގެ ހަމަލާ
ސޯމާލިއާގައި ދިން ކާރުބޮމުގެ ހަމަލާ
ސީ.އެން.އެން
ސޯމާލިއާ ކާރު ބޮމުގެ ޙަމަލާ
ސޯމާލިއާގަ ދިން ކާރުބޮމުގެ ޙަމަލާއެއްގައި 76 މީހުން މަރުވެއްޖެ
76 މީހުން ވަނީ މަރުވެފައި
70 އަށްވުރެ ގިނަ މީހުންވަނީ ޒަހަމްވެފައި
މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި

ސޯމާލިއާގައި ވެރިކަންކުރާ ސިޓީގައި ދިން ކާރު ބޮމުގެ ޙަމަލާއެއްގަ 76 މީހަކު މަރުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުން ޚަބަރުފަތުރާގޮތުގައި ކާރުބާރޫ ބޮޑު މީހުން އެއްވެ އުޅޭ ޞަރަޙައްދަކަށް ދިން ޙަމަލާގަ، މިހާތަނަށް 76 މީހަކު މަރުވެ 70 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މިޙަމަލާ ދީފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެޤައުމުގެ ވެރިކަން ކުރާ ސިޓީ "މޮގަޑިޝޫ" ގައެވެ.

އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ

ސީއެންއެންއަށް މަޢުލޫމާތު ދެއްވަމުން އެ ޤައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، މި ޙަމަލާގައި ކާރު ދުއްވަން އިން މީހާ އެ އުޅަނދު މަޑުކޮށްފައިވަނީ ވެރިކަން ކުރާ ސިޓީއާއި ސައުތު ސޯމާލިއާގެ އިންވާ ޞަރަޙައްދަށްކަމަށާއި މި ޙަމަލާގައި ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގިނަ ޢަދަދެއްގެ ދަރިވަރުންތަކެއް މަރުވެފައިވާކަމަށެވެ.

ސޯމާލިއާގެ ފުލުހުންނާއި ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ޙަމާލާ ދީފައިވަނީ އެ ޤައުމުގެ ގަޑިން ހެނދުނު 8:00 ހާއިރުކަމަށާއި މަރުވި މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުންނާއި ސިފައިން ހިމެނޭކަމަށެވެ. ޙަމަލާގެ ސަބަބުން މަރުވި މީހުންގެ ޢަދަދު އިތުރުވެގެންދިޔުމަކީ އެކަށީގެންވާކަމެއްކަމަށާއި އަނިޔާވި މީހުންނަށް އަވަސް ފަރުވާ ދިނުމަށްޓަކައި ޢަންމުންގެ އެހީތެރިކަމާއެކު ގިނަ ޢަދަދެއްގެ މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ސޯމާލިއާގައި ދިން ކާރުބޮމުގެ ޙަމަލާގައި ތުރުކީވިލާތަށް ނިޞްބަތްވާ 2 މީހަކު މަރުވެފައިވާކަމަށް އެޤައުމުގެ ފޮރިން މިނިސްޓްރީން ޢަންމުކޮށްފައިވާ ބަޔާނެއްގައި ވެއެވެ. މި ޙަމާލާގެ ތުހުމަތު ކުރެވެނީ އިސްލާމިކް ސްޓޭޓަށެވެ.

- ކޮމެންޓް