Advertisement
ކ. މާލެ
|
21 މާރޗް 2017 | އަންގާރަ 01:27
ޢަބްދުއް ރަހީމް ޢަބްދުﷲ: ކުރީގެ ރައީސުންގެ އިނާޔަތް ކަނޑާލުމާ ގުޅޭ ވާހަކަތަކެއް ވަނީ ދައްކަވާފައި
ޢަބްދުއް ރަހީމް ޢަބްދުﷲ: ކުރީގެ ރައީސުންގެ އިނާޔަތް ކަނޑާލުމާ ގުޅޭ ވާހަކަތަކެއް ވަނީ ދައްކަވާފައި
ޓްވިޓަރ
އިނާޔާތް ކަނޑާލުން
ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމުގެ އިޝާރާތެއް އަބްދުއްރަހީމް ދެއްވައިފި
ޢަބްދުއް ރަހީމް ވިދާޅުވީ މަސީހުގެ ވޯޓުގައި އިދިކޮޅު ފަރާތްތައް ލަދުގަންނަވާލާނެ ކަމަށް

ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ހިމާޔަތް ކަނޑާލުމަށް ދޭހަވާ ފަދަ އިޝާރާތެއް ޕީޕީއެމަށް ނިސްބަތްވާ ރައީސް ޔާމީން ފެކްޝަންގެ ނައިބު ރައީސް ޢަބްދުއް ރަހީމް ޢަބްދުﷲ ދެއްވައިފިއެވެ.

ޢަބްދުއް ރަހީމް ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސުންނަށް އިނާޔަތާއި ހިމާޔަތް ދިނުމުގެ ޤާނޫނަށް ޙާލަތާ ގުޅޭ ގޮތަށް އިސްލާހު ހުށަހަޅަން އެޤާނޫން ހުށަހެޅުއްވި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާނަށް ގޮވާ ލައްވާ ކަމަށެވެ.

ޢަބްދުއް ރަހީމް މި ޓްވީޓް ކުރައްވާފައި މިވަނީ ޤައުމު އިސްލާހ ކުރަން ޖެހޭ ކަމަށާއި ސަރުކާރު ހަމަމަގަށް އަޅުވަން ޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ މަސައްކަތްތަކެއް ފައްޓަވާފައިވާ ދަނޑިވަޅެއްގައެވެ.

އެޓްވީޓް ކުރެއްވިތާ ކުޑައިރުކޮޅެއްފަހުން ޢަބްދުއްރަހީމް ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ތިމާމެންގެ އަމިއްލަ އެދުމަށްޓަކައި ގައުމުގައި ފިތުނަ ފަސާދަ އުފައްދަން އުޅޭ ބަޔަކަށް އިނާޔަތާއި ހިމާޔަތާ ރައްކާތެރިކަން ނުޖެހޭ" ކަމަށެވެ.

 

ޢަބްދުއް ރަހީމް ކުރެއްވި އެހެން ޓްވީޓްތަކެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސް މަސީހުގެ ވޯޓް ޕީޕީއެމްއާއި އެމްޑީއޭއިން ކާމިޔާބު ކުރާނީ ޤައުމާއި ރައްޔިތުންގެ އަދާވާތްތެރިންގެ ކުރިމަތީގައި ފިސާރި ސާބިތުވެ ތިބެގެން ކަމަށެވެ.

އަދި މިމަހުގެ 27 ވަނަ ދުވަހަކީ ދިވެހިރައްޔިތުންގެ ކުރިމަތީގައި އިދިކޮޅު ފަރާތްތައް ރަނގަޅަށް ބޭޒާރުވެގެންދާނެ ދުވަހެއް ކަމަށްވެސް އަބްދުއް ރަހީމް ވަނީ ޓްވީޓެއްގައި ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމަޖިލީހަށް ހުށަހެޅުއްވުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް މެންބަރު ކަމުގައިވާ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވިދާޅުވެފައިވަނީ އެވޯޓް ކައިރިވީވީހެން ސަރުކާރުން ކުރާ ކަންކަން އިތުރުވަމުންދާނެ ކަމަށެވެ. މެންބަރުންނަށް ތަފާތު ކަންކަން ކުރިމަތި ކުރުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް