Advertisement
ކ. މާލެ
|
20 މާރޗް 2017 | ހޯމަ 22:49
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ރައީސް އޮފީސް
"ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ރައީސް ޔާމީން އުފައްދަވައިފި
ކުންފުންޏަކީ 100 ޕަސެންޓް ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއް

ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއާބެހޭ ސެންޓަރުތައް ހިންގައި އަދި އެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށްޓަކައި "ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް"ގެ ނަމުގައި އާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އުފައްދަވައިފިއެވެ.

ކުންފުނި އުފައްދަވާ ރައީސް އަބްދުﷲ ޔާމީން ހޯމަ ދުވަހު ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ "ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް" ގެ ނަމުގައި އުފެއްދެވި ކުންފުންޏަކީ ދަރަންޏަށް ޒިންމާ ވާންޖެހޭ މިންވަރު ކެނޑައެޅިފައިވާ ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއްް ކަމަށެވެ.

ރައީސްގެ ގަރާރުގައި ބުނެފައިވާ ގޮތުގައި "ބިޒްނަސް ސެންޓަ ކޯޕްރޭޝަން ލިމިޓެޑް" ގެ ހުއްދަ ކުރެވިފައިވާ ރައުސުލްމާލަކީ 10ރ. ގެ ފަސް މިލިޔަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 50 މިލިޔަން ރުފިޔާއެވެ.

ރައީސްގެ ގަރާރުގައި ބުނެފައިވަނީ "ބިޒްނަސް ސެންޓާ ކޯޕްރޭޝަން ލިމިޓެޑް"އަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ގާނޫނު، ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި ލިބިގަތުމުގެ ހައްގު ލިބިގެންވާ އަދި ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ ޝަޙުސެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް