ކ. މާލެ
|
26 ޑިސެންބަރ 2019 | ބުރާސްފަތި 07:08
އަލިފާނުގެ ހާދިސާއާ ގުޅިގެން ގެތައް އަދާ ހުލިފައި
އަލިފާނުގެ ހާދިސާއާ ގުޅިގެން ގެތައް އަދާ ހުލިފައި
އަލްޖަޒީރާ
އަލިފާނުގެ ހާދިސާ
ވަލްޕަރައިސޯގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ތުހުމަތުކޮށްފި
ގިނަ ގެތައް ވަނީ އަދާފައި
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ
އަލިފާންގަނޑު ބާރުސްޕީޑްގައި ފެތުރިގެންދިޔައީ ގަދަވައިގެ ސަބަބުން

ވަލްޕަރައިސޯގެ މީހުން ދިރިއުޅެމުންދާ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ތުހުމަތުކޮށްފިއެވެ.

ޗިލީގެ ސިޓީއެއްކަމުގައިވާ ވަލްޕަރައިސޯގައި ހިނގި މިހާދިސާގައި ގިނަ ތަކުގައި ހުޅުހިފައި ބޭނުން ނުކުރެވޭ ވަނީ ވަރަށް އަދާ ހުލިވެފައެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުން ލިބުނު ރިޕޯޓެއް އަދިނުލިބެއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާންގަނޑު ބާރުސްޕީޑްގައި ފެތުރިގެންދިޔައީ ގަދަވައިގެ ސަބަބުންނާއި، އެގަތަކަކީ ފެނުގެ ސަޕްލައި ލިބޭ ގެތަކަކަށް ނުތީ ކަމަށެވެ.

މިހާދިސާ ހިނގިގޮތް މިހާރު ތަހުގީގު ކުރަމުންދާއިރު، އެސިޓީގެ އެމަރޖެންސީ މެނޭޖަރު އެޒްޔޯ ޕަސާޑޯ ވިދާޅުވީ މިހާތަނަށް ފެންނަން ހުރި ހެކިތަކުން މިއީ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އަލިފާން ރޯކޮށްފައިވަނީ ގެތަކާ ކައިރި ހިސާބެއްގައި ކަމަށާއި، ފަހުން ގެތަކާ ހަމައަށް އަލިފާންގަނޑު ފެތުރިފައިވާ ކަމަށެވެ.

މިއަލިފާންގަނޑު ކޮންޓްރޯލްކުރީ ހެލިކޮޕްޓަރުތަކުގައި ފެން ހިފައިގެން އައިސް މަތިން އެގަތަކަށް ފެން ޖަހައިގެން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް