ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 12:05
ދިޕިކާ ޕަދުކޯން އާއި ލަކްސްމީ އަގަރުވާލް
ދިޕިކާ ޕަދުކޯން އާއި ލަކްސްމީ އަގަރުވާލް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ޗަޕާކްގެ ޝޫޓިން ދިއްލީގައި ކުރިއަށް ދިޔައިރު އެއްވެސް މީހަކަށް އަހަރެން ވަކިކުރަން ނޭނގުނު: ދިޕިކާ
މި ފިލްމް ރިލީޒް ކުރުމަށް ހަމަކެހިފައިވަނީ ޖެނުއަރީ 10 ގައި
މި ފިލްމަކީ ލަކްސްމީ އަގަރުވާލުގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެއް
މި ފިލްމަކީ ދިޕިކާގެ ކެރިއަރ ގައި ވަރަށް ޚާއްސަ ފިލްމެއް ކަމަށް ދިޕިކާ ވަނީ ބުނެފައި

އަންނަ މަހު ރިލީޒް ކުރާ ބޮލީވުޑްގެ ފިލްމު "ޗަޕާކް" ގެ ޝޫޓިން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކުރިއަށް ދިޔައިރު އެއްވެސް މީހަކަށް އޭގެ ލީޑު ރޯލް ކުޅެމުންދާ ދީޕިކާ ޕަދުކޯން ވަކިކުރަން ނޭނގުނު ކަމަށް އޭނާ ބުނެފިއެވެ.

ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތްތައް ދިޕިކާ ކުރަމުންދާއިރު، މި ފިލްމާއި ގުޅޭ ގޮތުން ދިޕިކާ ބުނެފައިވަނީ އޭނާގެ ކެރިއަރ ގައި މި ފިލްމަކީ އޭނާއަށް ވަރަށް ޚާއްޞަ ފިލްމެއް ކަމަށެވެ.

ދިޕިކާ ބުނެފައިވަނީ މި ފިލްމުގެ މަންޒަރުތައް ނިއު ދިއްލީގެ މަގުމަތީގަ ނަގަމުން ދިޔައިރު އޭނާ ފެނުނު އެއްވެސް މީހަކަށް އޭނާ ވަކިކުރަން ނޭނގުމުން އެކަމާ ހައިރާންވިކަމަށެވެ. މިކަން އޭނޭ ފާހަގަކޮށްފައިވަނީ ތަފާތު ތަޖުރިބާއެއްގެ ގޮތުގައެވެ.

"މީހުން އަހަރެންނާއި ދިމާއަށް ބަލާފައިވެސް އެމީހުން ތިބީ އަހަރެންގެ މޫނު ފެނިފައި ބުނާނެ އެއްޗެއް ވެސް ނޭނގިފައި. ނަމަވެސް އެމީހުންނަށް އަހަރެންކަން ވަކި ކުރާކަށް ނޭނގުނު. ބައެއް މީހުންތިބީ އަހަންނާއި ދިމާލަށް ބަލާފައި އެއީ އަހަރެން އަހަރެންތޯ ނުވަތަ ނޫންތޯ ޝައްކެއްގެ މަތީގައި"
ބޮލީވުޑްގެ ފިލްމީ ތަރި ދީޕިކާ ޕަދުކޯން

ޗަޕާކްގެ ޓްރެއިލަރ މިހާރު ރިލީޒް ކޮށްފައިވާއިރު މި ފިލްމްގައި ދިޕިކާ ފެނިގެންދަނީ އެސިޑް އެޓޭކުން ސަލާމަތްވި ލަކްޝްމީ އަގަރުވާލުގެ ރޯލުންނެވެ. ލަކްޝްމީއަށް އެސިޑް ޙަމަލާ އައިސްފައިވަނީ 2005 ވަނަ އަހަރު އޭނާގެ އުމުރުން 15 އަހަރުގައެވެ.

ޗަޕާކް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި ފެށޭ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10ގައެވެ.

- ކޮމެންޓް