ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 23:04
ކަރލް ރީޕަންގެ \"އަވޭކީނޯ އެސްޓޭޓް\"
ކަރލް ރީޕަންގެ "އަވޭކީނޯ އެސްޓޭޓް"
ޑެއިލީ މެއިލް
ކަރލް ރީޕަން
މިލިއަނަރަކާއިއެކު ނިއު ޒިލެންޑުގައި އުޅެލަން ބޭނުންތަ؟
70 އަހަރުން މަތީގެ ހުރިހާ އެންމެނަށް މި ފުރުސަތު ވަނީ ހުޅުވާލެވިފައި
ދިހަ މީހަކަށް މި ފުރުސަތު ދޭން ރީޕަން ހުރީ ތައްޔާރަށް
އަވޭކީނޯ އެސްޓޭޓަކީ 5.6 މިލިއަން ޑޮލަރުގައި އަގުކުރެވިފައިވާ އެސްޓޭޓެއް

ނިއުޒިލެންޑުގައި ހަދާފައިހުރި ބޮޑު ފާރމް އެސްޓޭޓެއްގައި ދިހަ މީހަކަށް ދިރިއުޅުމުގެ ފުރުސަތު، ޖަރުމަނުގެ މިލިއަނަރަކު ހުޅުވާލައިފިއެވެ.

70 އަހަރުގެ ކަރލް ރީޕަން ވަނީ "ލިވިންގ އިން ޕެރެޑައިސް"ގެ ނަމުގައި ދެ ފަހަރެއްގެ މަތިން އޭނާއާއެކު ދިރިއުޅޭނެ ބަޔަކު ހޯދަން އިއުލާންކޮށްފައެވެ. ނިއުޒިލެންޑުގެ ހެރަލްޑް ނޫހުގައި އޭނޭ ޖެހި އިއުލާނުގައި ބުނެފައިވަނީ، 70 އަހަރުން ދަށުގެ އެންމެނަށް މި ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މި ފާމް ހައުސް ހެދުމަށް ރީޕަން ވަނީ ދިހަ އަހަރު ދުވަސް ހޭދަކޮށްފައެވެ. އަދި އެތަނުގައި އިތުރު ބަޔަކަށް ދިރިއުޅުމުގެ ފުރުސަތު ހުޅުވާލީ، އޭނާގެ "ޕެރެޑައިސް" އިތުރު ބަޔަކާ ހިއްސާކޮށްލުމުގެ ނިޔަތުގައި ކަމަށް ހެރަލްޑް ނޫހަށް ރީޕަން މައުލޫމާތު ދީފައިވެއެވެ. "އަވޭކީނޯ އެސްޓޭޓް"ގެ ނަމުން ނަން ދީފައިވާ މި ފާމް ހައުސްއަކީ 5.6 މިލިއަން ޑޮލަރުގައި އަގުކުރެވިފައިވާ އެސްޓޭޓެކެވެ.

223 ހެކްޓަރުގެ ސަރަހައްދެއްގައި ހުންނަ މި އެސްޓޭޓުގައި އަމިއްލަ ވައިނަރީއަކާއި، އަސް ބަހައްޓާ ސްޓޭބަލްތަކާއި، ނިއު ޒިލެންޑުގެ ހުޅަނގުން އޮންނަ ޓަސްމަން ކަނޑު ފެނެއެވެ. އަދި މިތަނަށް ދިރިއުޅެން އަންނަ ފަރާތްތަކަށް އެސްޓޭޓުގައި ތިބެގެން ގިނަ ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކުރެވިފައެވެ. މީގެ ތެރޭގައި ފެތުމާއި، ކެނޯ ދުއްވުމާއި، ތަފާތު އެކިއެކި ދޫނިތަކާއި ޖަނަވާރުތައް ބަލާލުމުގެ ފުރުސަތު ހިމެނެއެވެ.

- ކޮމެންޓް