ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 08:16
ނެކްސްޓް 100
ނެކްސްޓް 100
ކޯޕަރޭޓް މޯލްޑިވްސް
ނެކްސްޓް 100
ނެކްސްޓް 100 އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް
ފުރުޞަތު ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި
މިއީ އަލަށް ތައާރަފުކޮށްފައިވާ އެވޯޑެއް
އެވޯޑުތަކަށް 19 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވޭ

ކޯޕަރޭޓް މޯލްޑިވްސް އިން "ނެކްސްޓް 100" ގެ ނަމުގައި އެވޯޑެއް ތަޢާރަފުކޮށްފައިވާއިރު ނެކްސްޓް 100 އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

"ނެކްސްޓް 100" އަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިއާއި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޢަމާޒުކޮށްގެން ކޯޕަރޭޓް މޯލްޑިވްސް އިން ތަޢާރަފުކުރި އެވޯޑެކެވެ. މި އެވޯޑްގެ މަޤްޞަދަކީ ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުގެ އަގު ވަޒަންކޮށް އެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކުންފުނިތައް ނޮމިނޭޓްކުރުމަށް އެކަމަށްޓަކައި ޚާއްޞަކޮށްފައިވާ ވެބްސައިޓުން އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން ބުނެއެވެ.

ނެކްސްޓް 100 އަށް ކުރިމަތިލާ ކުންފުނިތަކުގެ ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ވިޔަފާރިއަކަށްވުމާއި، 31 ޑިސެމްބަރ 2018 ގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކަށްވުން ހިމެނެއެވެ. އަދި އަހަރުގެ ޢާމްދަނީ އެއް ލައްކަ ރުފިޔާއާއި 15 މިލިއަން ރުފިޔާގައި އުޅޭ ވިޔަފާރިއަކަށްވެސް ވާން ޖެހެއެވެ.

ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ އެ އެވޯޑުތަކަށް 19 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ 19 ދާއިރާތަކަކީ:

  • ޓޫރިސްޓް ރިސޯޓް
  • ޓޫރިސްޓް ހޮޓެލް
  • ޓޫރިސްޓް ގެސްޓްހައުސް
  • ޓްރެވަލް އޭޖެންޓްސް
  • ސްޕާސް
  • ޑައިވިންގް އެންޑް ވޯޓަރ ސްޕޯޓްސް އެކްޓިވިޓީސް
  • ހޯލްސޭލް އެންޑް ރީޓެއިލް ޓްރޭޑް
  • ކޮންސްޓްރަކްޝަން
  • ފުޑް ސަރވިސް އެކްޓިވިޓީސް
  • އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން
  • ފައިނޭންޝަލް އެންޑް އިންޝުއަރެންސް
  • ރިއަލް އެސްޓޭޓް
  • އެޑިއުކޭޝަން އެންޑް ހެލްތްކެއާ
  • ޕްރޮފެޝަނަލް ސަރވިސަސް
  • ޓެކްނިކަލް ސަރވިސަސް
  • އާޓްސް، އެންޓަޓެއިންމަންޓް އެންޑް ރިކްރިއޭޝަން
  • މީޑިއާ
  • އޭވިއޭޝަން
  • އެހެނިހެން

ނެކްސްޓް 100 އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ކޯޕަރޭޓް މޯލްޑިވްސްއިން ބުނީ މި އެވޯޑް އަހަރަކު އެއްފަހަރު ދޭނެ ކަމަށެވެ.

- ކޮމެންޓް