ކ. މާލެ
|
23 ޑިސެންބަރ 2019 | ހޯމަ 08:17
ކަރިޝްމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ
ކަރިޝްމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ
އިންސްޓަގްރާމް
ބޮލީވުޑް
ޓީވީ ތަރި ކަރިޝްމާ ތަންނާ އުފަންދުވަސް ފާހަގަކުރުމަށް ރާއްޖޭގައި
ކަރިޝްމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ފުރަވެރި ރިސޯޓްގައި

ހިންދީ ޑްރާމާ ސީރީޒް ތަކުން ބެލުންތެރިންގެ މެދުގައި މަގްބޫލުކަމެއް ހޯދާފައިވާ ކަރިޝްމާ ތަންނާ އޭނާގެ 36 ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަކުރަމުން އެބަދެއެވެ.

ކަރިޝްމާގެ ރަސްމީއިންސްޓަރގްރާމްއެކައުންޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އުފަންދުވަސް އިތުރަށް ޚާއްސަ ކޮށްދިންކަމަށްޓަކައި އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ފުރަވެރި ރިސޯޓަށް ޝުކުރު އަދާކޮށްފައެވެ. މިއީ އޭނާގެ ފުރަތަމަ ތަޖުރިބާ ކަމަށްވެސް ބުނެފައިވެ އެވެ.

ކަރިޝްމާއަކީ ހިންދީ ޑްރާމާ ސީރީޒް ނާގިން އިން ބެލުންތެރިންގެ މެދުގައި މަގްބޫލުކަމެއް ހޯދާފައިވާ ތަރިއެކެވެ. މީގެއިތުރުން ކިޔުކީ ސާސް ބީ ކަބީ ބަހޫތީންވެސް ކަރިޝްމާ ފެނިގެން ގޮސްފައިވެއެވެ.

ކަރިޝްމާ ބޮލީވުޑްގެ ފިލްމަކުން ފެނިގެންގޮސްފައިވަނީ 2005 ވަނަ އަހަރު އެއީ ދޯސްތީ:ފްރެންޑްސް ފޯ އެވަރ އިންނެވެ. މީގެއިތުރުން ކަރިޝްމާ އަންނަނީ ރިއަލިޓީ ޝޯވ ތަކުގައިވެސް ބައިވެރިވަމުންނެވެ.

ކަރިޝްމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ބޮލީވުޑްގެ ތަރި ހީނާ ޚާންވެސް އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. ހީނާ އޭނާގެ ލޯބިވެރިޔާ އާއެކު ޗުއްޓީ ހޭދަކުރަމުންދަނީ ކުރުނބާ މޯލްޑިވްސްގަ އެވެ.

- ކޮމެންޓް